ކ. މާލެ
|
6 ޖުލައި 2025 | އާދީއްތަ 10:01
އީރާނުގެ ސުޕްރީމް ލީޑަރު އަޔަތުالله އަލީ ޚާމަނާއީ ހޮނިހިރު ދުވަހު އީރާނުގެ ތެހެރާނުގައި އަޝޫރާ ފާހަގަ ކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ
އީރާނުގެ ސުޕްރީމް ލީޑަރު އަޔަތުالله އަލީ ޚާމަނާއީ ހޮނިހިރު ދުވަހު އީރާނުގެ ތެހެރާނުގައި އަޝޫރާ ފާހަގަ ކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ
ރޮއިޓަރސް
އިސްރާއީލް
ހަނގުރާމަ އަށް ފަހު އީރާނުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީ ފުރަތަމަ ފަހަރަށް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފި
ޖޫން 13 ވަނަ ދުވަހު ހަނގުރާމަ ފެށުނީއްސުރެ ޚާމަނާއީ ވަނީ އާންމު ތަންތަނަށް ވަޑައިގަތުން މަދުކުރައްވައި، އަދި އެމަނިކުފާނުގެ ވާހަކަފުޅުތައް ވެސް އާންމު ކޮށްފައިވަނީ ކުރިން ރެކޯޑް ކޮށްގެން
f

އިސްރާއީލާ އީރާނުގެ ހަނގުރާމަ އަށް ފަހު އީރާނުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީ ފުރަތަމަ ފަހަރަށް ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެންފިއެވެ.

އިރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ފެނިފައި ވަނީ ތެހެރާންގައި ހޮނިހިރު ދުވަހު އޮތް ދީނީ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނި ކޮށްނެވެ.

މިއީ އިސްރާއީލާއި އިރާނާ ދެމެދު 12 ދުވަހުގެ މުއްދަތަށް ހިނގި ހަނގުރާމަ އަށް ފަހު އެމަނިކުފާނު އާންމުކޮށް ފެނުނު ފުރަތަމަ ފަހަރެވެ.

85 އަހަރުގެ ލީޑަރު ހޮނިހިރު ދުވަހު ސަރުކާރުގެ މީޑިއާއިން ދެއްކި އެ ރަސްމިއްޔާތުގެ ވީޑިއޯގައި ފެނިގެން ދިޔައީ ޝޝިއާ މުސްލިމުންގެ އެންމެ މުހިންމު ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އާޝޫރާ ދުވަހު މިސްކިތެއްގައި ބޭއްވުނު ހަފްލާއެއްގައި އިންނަވަނިކޮށްނެވެ.

ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި ރަސްމިއްޔާތުގައި ޚާމަނާއީ ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ. އެހެން ނަމަވެސް ޙާޒިރުވެ ތިބި މީހުންނަށް އަތްޕުޅުން އިޝާރާތް ކުރެއްވި މަންޒަރު ފެނިފައިވެއެވެ. އެމަނިކުފާނު މިސްކިތަށް ވަދެވަޑައިގަތުމާއެކު އެތަނުގައި ތިބި މީހުން ކޮޅަށް ތެދުވެ އޭނާ އަށް ވަރަށް ބޮޑަށް މަރުހަބާ ދެންނެވި މަންޒަރު ފެނިފައިވެއެވެ.

ސަރުކާރުގެ ޓީވީން ބުނެފައިވަނީ މި ކްލިޕް ނަގާފައިވަނީ ތެހެރާންގެ މެދުތެރޭގައި ހުންނަ އިމާމް ޚުމެއިނީ މިސްކިތުގައި ކަމަށެވެ.

ޖޫން 13 ވަނަ ދުވަހު ހަނގުރާމަ ފެށުނީއްސުރެ ޚާމަނާއީ ވަނީ އާންމު ތަންތަނަށް ވަޑައިގަތުން މަދުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުތައް ވެސް އާންމު ކޮށްފައިވަނީ ކުރިން ރެކޯޑް ކޮށްގެންނެވެ.

ޖޫން 22 ވަނަ ދުވަހު އިރާނުގެ މުހިންމު ތިން ނިއުކްލިއަރ ސައިޓަކަށް ބޮން އެޅުމުގައި އިސްރާއީލާ އެކު ބައިވެރިވި އެމެރިކާ އިން ވަނީ ހަނގުރާމައިގެ ތެރޭގައި ޚާމަނާއީ އަށް އިންޒާރުތަކެއް ދީފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ އިރާނުގެ ލީޑަރު ހުންނެވި ތަން އެމެރިކާ އަށް އެނގޭ ކަމަށާއި، ނަމަވެސް "އަދި މިވަގުތަށް" އެމަނިކުފާނު އަވަހާރަ ކޮށްލުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ.

ޖޫން 26 ވަނަ ދުވަހު، ކުރިން ރެކޯޑު ކޮށްފައިވާ ވާހަކަފުޅެއްގައި ޚާމަނާއީ ވަނީ އިރާނު ބަލިވި ކަމަށް ޓްރަމްޕް ވިދާޅުވުން ބަލައި ނުގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ޤަޠަރުގައި ހުރި އެމެރިކާގެ އެއަރބޭސް އަކަށް އީރާނުން ޙަމަލާ ދިނުމުން އެއީ "އެމެރިކާގެ މޫނުމަތީގައި ޖެހި އެތިފަހަރެއް" ކަމަށް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ ނޫސްވެރިންނަށް ދެއްވި ބަޔާނެއްގަ އާއި ސޯޝަލް މީޑިއާގައި ޚާމަނާއީގެ މި ވާހަކަފުޅަށް ޖަވާބު ދެއްވަމުން ޚާމަނާއީ އަކީ ވަރަށް އީމާންކަން ވަރުގަދަ ބޭފުޅެއް ކަމަށާއި، ޤައުމުގައި ވަރަށް އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި، ޙަޤީޤަތް ވިދާޅުވާން ޖެހޭނެ ކަމަށާއި ވަރަށް ބޮޑަށް އީރާނު ބަލިވެއްޖެ ކަމަށް ގަބޫލު ކުރެއްވުމަށް ޚާމަނާއީ އަށް ގޮވާލައްވާފައެވެ.

އިރާނުން ވަނީ ހަނގުރާމައިގައި 900 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށާއި، އަދި ހާހުން ގުނާލެވޭ މިންވަރަށް މީހުން ޒަޚަމްވެފައިވާ ކަމަށް އެއްބަސްވެފައެވެ. އިސްރާއީލަށް އިރާނުން ދިން ބަދަލު ހިފުމުގެ މިސައިލް ޙަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 28 މީހުން މަރުވެ އެތައް އިމާރާތްތަކެއް ފުނޑުފުނޑުވިއެވެ.

- ކޮމެންޓް