ކ. މާލެ
|
5 ޖުލައި 2025 | ހޮނިހިރު 09:20
ރާއްޖޭގެ 21 އަހަރުން ދަށުގެ ޤައުމީ ނެޓު ބޯޅަ ޓީމު
ރާއްޖޭގެ 21 އަހަރުން ދަށުގެ ޤައުމީ ނެޓު ބޯޅަ ޓީމު
ސޯޝަލް މީޑިއާ
ޤައުމީ ނެޓު ބޯޅަ ޓީމު
އޭޝިއާ ޔޫތު މުބާރާތުން ރާއްޖެ އަށް ދެ ވަނަ
މިއީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ވާދަކޮށް ރާއްޖޭގެ ޒުވާން ނެޓު ބޯޅަ ޓީމު މިހާތަނަށް ހޯދާފައިވާ އެންމެ ރަނގަޅު ކާމިޔާބީ އެވެ.
f

އޭޝިއަން ޔޫތު ނެޓުބޯޅަ މުބާރާތުގެ ޕްލޭޓް ކެޓަގަރީގެ ދެ ވަނަ، ދިވެހި ރާއްޖޭގެ ޤައުމީ ޒުވާން ނެޓު ބޯޅަ ޓީމުން ހޯދައިފި އެވެ.

ދެކުނު ކޮރެއާގައި ކުރިއަށް ދާ 21 އަހަރުން ދަށުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ.

ދެ ވަނަ ފަންތީގެ ޓީމުތައް ވާދަ ކުރި ޕްލޭޓް ކެޓަގަރީގެ ފައިނަލްގައި ރާއްޖެ ކުޅެފައި ވަނީ ޕާކިސްތާނާ ދެކޮޅަށެވެ. ފައިނަލްގެ ކުރިން، މުބާރާތުގެ ލީގު ބުރުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ.

ހުކުރު ދުވަހު ކުޅުނު ފައިނަލް މެޗުގައި ޕާކިސްތާން އިން ވަނީ 60-35 އިން ރާއްޖެ ބަލިކޮށްފަ އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އިން ވަނީ ޗައިނީސް ޓައިޕޭގެ އިތުރުން، ޖަޕާން، ސައުދީ އަރަބިއްޔާ އަދި ދެކުނު ކޮރެއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ބަލިވެފައި ވަނީ ޕާކިސްތާން އަތުންނެވެ. ސެމީ ފައިނަލްގައި ރާއްޖެ އިން ވަނީ ޗައިނޭސް ޓައިޕޭ ދެ ވަނަ ފަހަރަށް ބަލިކޮށްފަ އެވެ.

މިއީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ވާދަކޮށް ރާއްޖޭގެ ޒުވާން ނެޓު ބޯޅަ ޓީމު މިހާތަނަށް ހޯދާފައިވާ އެންމެ ރަނގަޅު ކާމިޔާބީ އެވެ.

- ކޮމެންޓް