Advertisement
ކ. މާލެ
|
3 ޖުލައި 2025 | ބުރާސްފަތި 23:23
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު
ރާއްޖެއެމްވީ
ބީއެމްއެލްގެ 30 އިންސައްތައިގެ ފީ
"ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް، އެއީ ޤައިރު ޤާނޫނީ ކަމެއް"
ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 1 ޖުލައި 2025 އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށް
500 ޑޮލަރު ބޭނުންކޮށްފިނަމަ 150 ޑޮލަރުގެ ފީއެއް ބީއެމްއެލްއިން ކަނޑާނެ
f

ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް ކަމަށާއި އެ ޓެކްސް ނަގަން އުޅެނީ ޢައިރު ޤާނޫނީކޮށް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުނެވެ.

ދިވެހިން އެންމެ ގިނައިން އޮންލައިން ވިޔަފާރި ކުރަމުންދާ ޓެމޫފަދަ ސައިޓުތަކުން ވިޔަފާރިކުރާނަމަ މިދިޔަ އަންގާރަ ދުވަހުން ފެށިގެން 30 އިންސައްތަ ފީ އެއް ނެގުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ނިންމާފައެވެ.

ކުއްލި ގޮތަކަށް ހޯމަ ދުވަހު ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 1 ޖުލައި 2025 އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ އެއްވެސް ޓެކްސް އެއް ނަގާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅާ ފާސްކޮށްގެން ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ކުރުމަކީ ޤާނޫނުއަސާސީގައި ބުނާ ހަމަ އާއި ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މި ނިންމުން ނިންމާފައި ވަނީ ޗައިނާ އާއި އެކު ރާއްޖެ އިން ވެފައިވާ ފްރީޓްރޭޑް އެއްބަސްވުމާއި އެކު އައި ބަދަލުތަކުގެ ސަބަބުން ކަމަށް ތުހުމަތުކުރައްވާފައެވެ.

" އެއީ ޢައިރު ޤާނޫނީ ނިންމުމެއް. މިކަން މަޖިލީހަށް ގެންދާނަން. ގެންދެވެން އޮތް އެންމެ މައްޗަކަށް ގެންނާނަން. އެފްޓީއައި ގެނައިމަ އެ މީހުންނަށް ޓެކްސް ނުނެގޭކަން ނޭނގޭ. ނުނެގުނީމަ ކާޑް ޔޫޒަރ އަތުން މި ނަގަން އުޅެނީ. މި ނިންމުން އިއާދަކުރަން ގޮވާލަން." އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުލް ކޮންޓްރޯލް އޮންނަ ބީއެމްއެލްއިން ނިންމާފައިވާ ނިންމުމުގައި ވަނީ ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ. އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން (މިވަގުތު ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާދައްކާއިރު %30 އާ ހަމައަށް ފީއެއް ނެގޭނެ ކަމަށް އެބޭންކުން ބުނެއެވެ.

މީގެ އިތުރުން 500 ޑޮލަރަށް ޑެބިޓް ކާޑުގެ ލިމިޓް ބޮޑުކޮށްފައިވާ ކަމަށް ބޭންކުން ބުނި ނަމަވެސް، މިހާރު ލިބޭ 250 ޑޮލަރުގެ އިތުރުން 250 ޑޮލަރު އިތުރުކޮށްފައިވާއިރު، 500 ޑޮލަރު ބޭނުންކޮށްފިނަމަ 150 ޑޮލަރުގެ ފީއެއް ބީއެމްއެލްއިން ކަނޑާނެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަަ 2343.84 ރުފިޔާއެވެ.

- ކޮމެންޓް