Advertisement
ކ. މާލެ
|
3 ޖުލައި 2025 | ބުރާސްފަތި 23:21
އެމްއެމްޕީއާރުސީގެ ކުރީގެ ބޯޑު މެމްބަރު އަބްދުﷲ ސުއޫދު އަދި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ
އެމްއެމްޕީއާރުސީގެ ކުރީގެ ބޯޑު މެމްބަރު އަބްދުﷲ ސުއޫދު އަދި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ
ރާއްޖެއެމްވީ
އެމްއެމްޕީއާރްސީ
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
ތަޖުރިބާ ހުރި މުވައްޒަފުން މަދު ވުމަކީ ވެސް އެމްއެމްޕީއާރުސީ އަށް ދިމާވާ މައްސަލަ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ
މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު ކަމަށް އޭނާ ވިދާޅުވި
f

އެމްއެމްޕީއާރުސީގެ މާލީ ގެއްލުމުގެ ހާލަތުގެ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރު ނޫން ކަމަށާއި އެކަމާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އަދި ޗެއަރމަން އާއި ދެ ބޭފުޅުންނާއި  ޗެލެންޖު ވެސް ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ ބޯޑު މެމްބަރު އަބްދުﷲ ސުއޫދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ހަތަރު އަހަރުގެ ތެރޭގައި އަމަލުކޮށްފައިވާ ގޮތުން އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވި ކަމަށް ބުނެ އެމްއެމްޕީއާރުސީން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެހެްނނަމަވެސް މިހާރު އެކަމާއި ގުޅިގެން އަޅަން ޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ފަހު ހަރަދުތައް 10 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީ އާއި އޭރުގެ މެނޭޖްމެންޓްގެ ސަބަބުން މާލީ ހާލަތު ދަށްވި ކަމަށް އެ ކުންފުނިން ބުނެފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓެއްގައި އެ ކުންފުނީގެ މާލީ ހާލަތާއި މެދު ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާއި ގުޅިގެން ރާއްޖެ އެމްވީ އަަށް ދެއްވި ބަސްތީގަތުމެއްގައި ސުއޫދު ވިދާޅުވި މި ސަރުކާރުން އެފަދަ ވާހަކަތަކެއް ދައްކަމުން ދަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. 2014 އިން 2018 އަށް އެމްއެމްޕީއާރްސީ އޮޑިޓްކޮށްފައި ވެސް ނުވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެތަން އޮޑިޓް ކުރުމަށް ފަހު ބެލި ބެލުމުން އެ ކުންފުންޏަށް އޭރު ލިބެން ޖެހި ނުލިބި 1.5 ބިލިއަން ރުފިޔާ އޮތްކަން އެނގުނު ކަމަށެވެ.

" 78 މިލިއަން ރުފިޔާގެ ދަރަނި އެމްޕީއެލް އަށް އޭރު ދީފައިވާ އިރު އެ އަދަދުތައް އައީ އެކިއުމިލޭޓް ވަމުން. ބަޖެޓުން ބޭރުން އެންމެ ރުފިޔާ އެއް ވެސް ޚަރަދު ނުކުރަން. ބިލްތައް ހުންނާނީ ދައްކާފައި. އަދި ކުރީ ސަރުކާރުގައި ނުވި ގޯހެއް މިހާރު މާލީ ގޮތުން ވެގެން ނުވާނެ." އޭނާ ވިދާޅުވިއެވެ.

މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ހާލަތަށް ތަން ދިޔައީ ފިނޭންސް މިނިސްޓްރީން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ތަޖުރިބާ ހުރި މުވައްޒަފުން މަދު ވުމަކީ ވެސް އެމްއެމްޕީއާރުސީ އަށް ދިމާވާ މައްސަލަ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް