Advertisement
ކ. މާލެ
|
2 ޖުލައި 2025 | ބުދަ 19:20
އިންވެސްޓުކޮށްގެން ރާއްޖޭގެ ރައްޔިތުކަން ލިބޭ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކުރުން
އިންވެސްޓުކޮށްގެން ރާއްޖޭގެ ރައްޔިތުކަން ލިބޭ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކުރުން
އިކޮނޮމިކް މިނިސްޓްރީ
ވަޒަންވެރިވުން
އިންވެސްޓް ކުރުމުން ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމުގެ ދަށުން އެއްބަސްވުމެއްގައި ސޮއިކޮށްފި
ސޮއިކޮށްފައިވަނީ ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު
މި އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިޤްތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭނެ
f

ރާއްޖެގައި އިންވެސްޓް ކުރުމުން ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމުގެ ދަށުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެގޮތުން ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއްގައި ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު ވަނީ ސޮއިކުރެވިފައެވެ. މި ޕްރޮގްރާމަކީ އިންވެސްޓް ކުރުމުން ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށް ފުރުޞަތު ލިބޭ ޕްރޮގްރާމެކެވެ. ހެންލީ އެންޑް ޕާޓްނާރސްއަކީ މިފަދަ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފާމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިޤްތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭނެއެވެ.

މިކަމާއި ގުޅިގެން އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމް ފެށުމަށް ދުނިޔޭގެ މަޝްހޫރު އިންވެސްޓްމަންޓް މައިގްރޭޝަން ފަރުމާ ކަމަށްވާ ހެންލީ އެންޑް ޕާޓްނަރސް (އެޗް އެންޑް ޕީ) އާއި އެކު ލޭންޑްމާކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.

މި ސްޓްރެޓެޖިކް ކޯލަބަރޭޝަންގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، ދުނިޔޭގައި ރާއްޖެގެ އަގު އުފުލި، ރައީސް މުއިއްޒުގެ ވިޝަން 2040 ގެ ދަށުން އިގްތިސާދީ ތަފާތުކުރުމަށް އާ މަގުތަކެއް ހުޅުވިގެންދެއެވެ.

އެޗް.އެންޑް.ޕީ.ގެ ބައިނަލްއަޤްވާމީ ތަޖުރިބާއާއި، ސާބިތުކުރެވިފައިވާ ޓްރެކް ރެކޯޑުގެ ސަބަބުން، ރާއްޖެއަށް ފާހަގަކޮށްލެވޭ އިންވެސްޓަރުން ގެނައުމަށާއި، އިތުބާރުހިފޭ، ރެޒިލިއަންޓް، އަދި މުސްތަޤްބަލަށް ތައްޔާރުވެފައިވާ އިޤްތިޞާދެއްގެ ގޮތުގައި ރާއްޖެ ޤާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

- ކޮމެންޓް