Advertisement
ކ. މާލެ
|
31 އޮކްޓޯބަރ 2025 | ހުކުރު 08:36
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަނީ - 25 ފެބްރުއަރީ 2025
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަދައްކަވަނީ - 25 ފެބްރުއަރީ 2025
އެމްޑީޕީ
ބަޖެޓް 2026
ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ ގުޅުން ނެތް އިގްތިސާދީ އަސާސްތަކާ ވަކިވެފައިވާ ބަޖެޓެއް: ޝާހިދު
ސަރުކާރުން 2026 އަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު މިއީ ރާއްޖޭގެ ތާރީޚުގައި އަހަރަކަށް ލަފާކުރި އެންމެ ބޮޑު ބަޖެޓް
ބަޖެޓް ސަޕޯޓުގެ ގޮތުގައި 7 ބިލިއަން ރުފިޔާ ހޯދުމަށް ރާވާފައިވީ ނަމަވެސް މިހާތަނަށް މާކެޓުން ނުވަތަ ބައިލެޓަރަލް ޕާޓްނަރުންގެ އަތުން އެއްވެސް ރުފިޔާއެއް ހޯދިފައި ނުވޭ

ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ ގުޅުން ނެތް އިގްތިސާދީ އަސާސްތަކާ ވަކިވެފައިވާ ބަޖެޓެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ބުރާސްފަތި ދުވަހު ވަނީ 2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފަ އެވެ. މި ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައި ވެސް އަހަރަކަށް ލަފާކުރި އެންމެ ބޮޑު ބަޖެޓެވެ.

ބަޖެޓާއި ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި 7 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ރާވާފައި އެބަ އޮތް ކަމަށާއި، ނަމަވެސް ޕީއެންސީގެ ވެރިކަމުގެ ތެރެއަށް މިހާތަނަށް އައިއިރު މާކެޓުން ނުވަތަ އެއްވެސް ބައިލެޓަރަލް ޕާޓްނަރެއްގެ އަތުން ވެސް އެންމެ ރުފިޔާއެއް ވެސް ހޯދިފައި ނުވާ ކަމަށެވެ. އަދި މި ނާކާމިޔާބީން ދައްކުވައިދެނީ އިގްތިސާދީ ސިޔާސަތު ފުނޑުފުނޑުވުމާއި ޚާރިޖީ ސިޔާސަތު ނާކާމިޔާބުވުން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ރާއްޖެއިން ބޭރުގައި ދިވެހިރާއްޖޭގެ އިތުބާރު ގެއްލިގެން ދިއުމުން ދިއުމުގެ ސަބަބުން އެކަމުގެ ގެއްލުން ފެންނަމުންދާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ ގުޅުން ނެތް، އިގްތިސާދީ އަސާސްތަކާ ވަކިވެފައިވާ، އިޖުތިމާއީ ހަގީގަތްތަކުގެ އެއްވެސް ވިސްނުމެއް ނެތް ބަޖެޓެކެވެ. ހަރަދުތައް ބޮޑުވުމާއި ވިޔަފާރި ކުރިއެރުން ނުލިބުމުގެ ސަބަބުން މިހާރު ވެސް މީހުންނަށް އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު، އަންނަ އަހަރު ކަންކަން ރަނގަޅުވާނެ ކަމުގެ އެއްވެސް އިޝާރާތެއް ބަޖެޓުން ނުދޭ ކަމަށް ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ސާފު މިސްރާބެއް، ލުޔެއް، އިތުބާރެއް ވެސް ނެތް އިރު، އަނެއްކާ ވެސް އިތުރު އަހަރެއް ގެއްލިގެންދާ އިރު، އެކަމުގެ ސަބަބުން ރައްޔިތުންގެ ހާލު ގޯސްވާނެ ކަމަށެވެ.

- ކޮމެންޓް