ކ. މާލެ
|
1 ޖުލައި 2025 | އަންގާރަ 18:43
ރައީސް ސާލިހް ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުން
ރައީސް ސާލިހް ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުން
ރައީސް އޮފީސް
ގުޅީފަޅު
ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކުރި ބަންޑާރަ ގޯތީގެ ރަޖިސްޓަރީ މިހާރު ވަނީ އުވިފައި: މިނިސްޓްރީ
ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ 2 ޖޫން ގައި 2025 ގައި އެ މިނިސްޓްރީން ގެޒެޓް ގައި އާންމު ކޮށްފައިވާ ފަރާތްތަކަށް އައު ބަންޑާރަ ގޯތީގެ ރަޖިސްޓަރީ އާއި ބަންޑާރަ ގޯތީގެ އެއްބަސްވުން ދޫކުރުމަށް ހަމަ ޖެހިފައިވާ ކަމަށް
f

ގުޅީ ފަޅުން ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ބާތިލު ކުރެވިފައިވާ ކަމަށާއި އަދި ކުރިން ސޮއި ކުރި ބަންޑާރަ ގޯތީގެ އެއްބަސްވުން އުވިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

އެ މިނިސްޓްރީން އަންގާރަ ދުވަހު އާންމު ކުރި ބަޔާނެއް ގައި ބުނެފައިވަނީ 2 ޖޫން ގައި 2025 ގައި އެ މިނިސްޓްރީން ގެޒެޓް ގައި އާންމު ކޮށްފައިވާ ފަރާތްތަކަށް އައު ބަންޑާރަ ގޯތީގެ ރަޖިސްޓަރީ އާއި ބަންޑާރަ ގޯތީގެ އެއްބަސްވުން ދޫކުރުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.

"އެހެން ކަމުން 1 ޖުލައި 2025 ވާ އަންގާރަ ދުވަހުން ފެށިގެން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ބަންޑާރަ ގޯތީގެ ރަޖިސްޓަރީ އާއި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލު ވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވާލާ،" ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ކުރީ ސަރުކާރުން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީ އާއި ގޯތީގެ އެއްބަސްވުން މި ސަރުކާރުން އުވާލީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ކުރިން ދޫކޮށްފައިވާ ގޯތީގެ ލޮކޭޝަން އަށް ބަދަލު ގެނައުމާ ގުޅިގެންނެވެ.

ގޯތި ލިބިފައި އޮތްތަން ބަދަލު ކުރުމަށް ފަހު ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މެއި 2025 ވީ ހުކުރު ދުވަހު އުސްފަސްގަނޑުގައި ގުރު ނެގުން ބާއްވާފައިވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ ޖުލައި 07 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އައު ބަންޑާރަ ގޯތީގެ ރަޖިސްޓަރީ އާއި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

- ކޮމެންޓް