ކ. މާލެ
|
1 ޖުލައި 2025 | އަންގާރަ 10:26
އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވީ އީރާާންގެ ރައްޔިތުންގެ ޖަނާޒާގައި އެތައް ބަޔަކު ބައިވެރި ވަނީ
އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވީ އީރާާންގެ ރައްޔިތުންގެ ޖަނާޒާގައި އެތައް ބަޔަކު ބައިވެރި ވަނީ
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
އިސްރާއީލްގެ ހަމަލާތަކުގައި އީރާން އިން 900 އަށް ވުރެ ގިނަ މީހަކު ޝަހީދުވި
މީގެ ކުރިން އީރާާންގެ ޞިއްޙީ ވުޒާރާ އިން ހާމަ ކޮށްފައި ވަނީ، އެ ހަނގުރާމައިގައި އެ ޤައުމުން 610 މީހަކު ޝަހީދުވެފައިވާ ކަމަށް.
f

އިސްރާއީލް އިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ދެ ޤައުމުގެ ދެ މެދުގައި ކުރިއަށް ދިޔަ ހަނގުރާމައިގައި، އީރާން އިން 935 މީހަކު ޝަހީދުވެފައިވާ ކަމަށް އީރާންގެ ޝަރުއީ ދާއިރާގެ ތަރުޖަމާނު އަސްޣަރް ޖަހަންގިރް ވިދާޅުވެއްޖެ އެވެ.

އިސްރާއީލް އިން އިސްވެ، އީރާންގެ ނިއުކްލިއާ މަރުކަޒުތަަކަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން، އޭގެ ބަދަލުގައި އީރާން އިން ވެސް ވަނީ ހަމަލާތަކެއް ދީފަ އެވެ. އެއަށްފަހު ދެ ޤައުމުގެ ދެ މެދުގައި ފެށުނު ހަނގުރާމަ ވަނީ 12 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގޮސްފަ އެވެ.

މީގެ ކުރިން އީރާާންގެ ޞިއްޙީ ވުޒާރާ އިން ހާމަ ކޮށްފައި ވަނީ، އެ ހަނގުރާމައިގައި އެ ޤައުމުން 610 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. ނަަމަވެސް، އީރާންގެ ޝަރުއީ ދާއިރާގެ ތަރުޖަމާނު ޖަހަންގިރް ހާމަ ކުރި އަދަދުތަކާ އެކު، އެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އީރާން އިން 935 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވެފައިވާ ގޮތުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި 38 ކުޑަ ކުދިންނާއި، 132 އަންހެނުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން އީރާންގެ ވެރި ރަށް ތެހެރާންގައި ހުންނަ އީވިން ޖަލަށް އަމާޒުކޮށް ދިން ހަމަލާގައި ޝަހީދުވެފައިވާ ކަމަށް މީގެ ކުރިން ހާމަ ކޮށްފައިވާ 71 މީހަކުން އަދަދު، މިހާރު 79 އަށް އަރާފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. 

ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލް އިން ފެށި ހަނގުރާމައިގައި ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދީ، ސައިޓިސްޓުންނާއި އަސްކަރިއްޔާގެ އޮސް ކޮމާންޑަރުންތަކެއް ވެސް ޝަހީދު ކޮށްލައިފަ އެވެ. މިއީ 1980 ގެ އަހަރު ތަކުގައި އިރާޤާ އެކު ކުރި ހަނގުރާމަ އަށް ފަހު، އީރާނަށް އެންމެ ގެއްލުން ލިބުނު ހަނގުރާމަ އެވެ. 


- ކޮމެންޓް