ކ. މާލެ
|
31 އޮކްޓޯބަރ 2025 | ހުކުރު 12:20
ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅަށް ފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މާލެ ފުރާވަޑައިގަތުން 31.10.2025
ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅަށް ފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މާލެ ފުރާވަޑައިގަތުން 31.10.2025
ރާއްޖެއެމްވީ
ހޯރަފުށީ ދުވަސް
ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ހޯރަފުށީ ކައުންސިލުން ޚާއްސަ ޚިދުމަތުގެ އައްޑަނަ ހަވާލުކޮށްދެއްވީ ހޯރަފުށީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާގައި
ރައީސް ސާލިހަށް ޚާއްސަ ޚިދުމަތުގެ އައްޑަނަ އަރުވާފައިވަނީ އެމަނިކުފާނުގެ ސަރުކާރުން ހޯރަފުށީގެ ތަރައްޤީއަށް ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމަށް
ހޯރަފުށިން އެ މަނިކުފާނު ފުރާވަޑައިގަންނަވާފައި ވަނީ ހުކުރު ދުވަހު ހެނދުނު 10:30 ހާއިރު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވައިފި އެވެ.

ހޯރަފުށިން އެ މަނިކުފާނު ފުރާވަޑައިގަންނަވާފައި ވަނީ ހުކުރު ދުވަހު ހެނދުނު 10:30 ހާއިރު އެވެ.

"ހޯރަފުށީ ދުވަސް" ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް އެ މަނިކުފާނު ހޯރަފުށްޓަށް ވަޑައިގަގަންނަވާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. މި ދަތުރުފުޅަކީ ހޯރަފުށީ ކައުންސިލްްގެ ޚާއްސަ ދައުވަތަކަށް ކުރައްވާފައިވާ ދަތުރުފުޅެކެވެ.

ރައީސް ޞާލިހު ހއ. ހޯރަފުއްޓަށް ވަޑައިގަތުމުން، އެރަށު ރައްޔިތުން ރަސްމީ އިއްޒަތުގައި އެމަނިކުފާނަށް ވަރަށް ފުރިހަމަ މަރުހަބާއެއް ދަންނަވާފައިވެ އެވެ. ސަގާފީ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ކުލަ ގަދަ ހަރަކާތްތަކާއި އެކު އެމަނިކުފާނަށް ވަނީ މަރުޚަބާ ދަންނަވާފަ އެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ހއ. ހޯރަފުށީ ތަރައްޤީގެ ބާނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" ވަނީ އަރުވާފަ އެވެ. "ހޯރަފުށީ ދުވަސް' ފާހަގަކުރުމުގެ ހާއްސަ ރަސްމީ ޖަލްސާގައި، މި އެވޯޑް ރައީސް ޞާލިހު އަށް ހަވާލުކޮށްދެއްވީ ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ.

ހޯރަފުށީ ކައުންސިލުން ބުނިގޮތުގައި ރައީސް ސާލިޙަށް، ޚާއްޞަ ޚިދުމަތުގެ އައްޑަނަ އަރުވާފައިވަނީ، އެމަނިކުފާނުގެ ސަރުކާރުން ހޯރަފުށީގެ ކުރިއެރުމާ ތަރައްޤީއަށްޓަކާ ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމަށެވެ. ރައީސް ޞާލިހު އަކީ ރަންޒަމާނެއް ހޯރަފުށްޓަށް ގެނެސްދެއްވި ތަރައްޤީގެ ޙަޤީޤީ ބާނީކަމަށް ހޯރަފުށީ ރައްޔިތުން ޤަބޫލުކުރެއެވެ.

- ކޮމެންޓް