ކ. މާލެ
|
26 ޖޫން 2025 | ބުރާސްފަތި 19:44
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަޤީރުންނަށް މުދަލު ޒަކާތް ބަހަނީ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަޤީރުންނަށް މުދަލު ޒަކާތް ބަހަނީ
އިސްލާމިކް މިނިސްޓްރީ
ފަޤީރުންގެ ދަފްތަރު
މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި
މިއީ މިދިޔަ އަހަރަށްވުރެ 1000 ރުފިޔާ އިތުރު އަދަދެއް
ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީވެފައިވާ 2852 ފަޤީރުން

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަޤީރުންނަށް މުދަލު ޒަކާތް ބަހައިފިއެވެ.

މުދަލު ޒަކާތް ބަހާފައިވަނީ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީވެފައިވާ 2852 ފަޤީރުންނަށް ކޮންމެ މީހެއްގެ ބޮލަކަށް 5000 ރުފިޔާގެ ރޭޓުންނެވެ. މިއީ މިދިޔަ އަހަރަށްވުރެ 1000 ރުފިޔާގެ އިތުރުވުމެެކެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހިފައިވަނީ 4000 ރުފިޔާފައެވެ.

ފާއިތުވެދިޔަ އަހަރަކީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރަށް ވަނީ ވެފައެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މުޙައްރަމް 1447 އިން ފެށިގެން އިންޝުރެންސް ތަޢާރަފްކުރަން ވަނީ ނިންމާފައެވެ.

މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެންނެވެ. އެފަރާތްތަކަށް އިންޝުރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށެވެ.

ކޮންމެ އަހަރަކުވެސް ޒަކާތު ފަންޑުން ފަޤީރުންނަށް ބޮޑު ޚަރަދެއް ކުރެއެވެ.

- ކޮމެންޓް