އީރާނަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާއެއްގައި، އީރާންގެ ނިއުކްލިއާ ސައިންޓިސްޓަކާއި، އޭނާގެ އާއިލާގެ 11 މެމްބަރުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.
އިސްރާއީލް އިން އިސްވެ އީރާނަށް ދިން ހަމަލާގެ ސަބަބުން، އީރާން އިން ވެސް ވަނީ އޭގެ ބަަދަލުގައި އިސްރާއީލަށް ހަަމަލާތައް ދީފަ އެވެ. އެ ޤައުމުގެ ދެމެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލު ކޮށްފައިވާއިރު، އެންމެ ފަހު ވަގުތުގައި ވެސް ވަނީ ހަމަލާތަކެއް ބަދަލު ކޮށްފަ އެވެ.
އީރާންގެ ޕްރެސް ޓީވީ އިން ބުނެފައިވާ ގޮތުގައި، ހަނގުރާމައިގެ އެންމެ ފަހު ވަގުތުގެ ތެރޭގައި އިސްރާއީލް އިން ދިން ހަމަލާގެ ސަބަބުން، އީރާާންގެ ނިއުކްލިއާ ސައިންޓިސްޓެއް ވަނީ ޝަހީދުވެފަ އެވެ. އަދި ހަމަ އެ ހަމަލާގައި އޭނާގެ އާއިލާގެ އިތުރު 11 މީހަކު ޝަހީދުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޕްެރެސް ޓީވީ އިން ވަނީ ސައިންޓިސްޓުގެ އާއިލާ ފެންނަ ފޮޓޯ ވެސް ހިއްސާކޮށްފަ އެވެ. އެ ފޮޓޯގައި ފެންނަ ގޮތުން އެ ހަމަލާގައި އަންހެންނާއި، ކުޑަ ކުދިން، އަދި އުމުރުން ދުވަސް ވީ މީހުން ވެސް އެ އާއިލާގައި ހިމެނެ އެވެ.
އިސްރާއީލް އިން 12 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމައިގައި އީރާންގެ 14 ނިއުކްލިއާ ސައިންޓިސްޓުން އަށް އެ ޤައުމުން ވަނީ އަމާޒުކޮށްފަ އެވެ.