ކ. މާލެ
|
25 ޖޫން 2025 | ބުދަ 11:04
ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ހާފިޒުންގެ އެލަވަންސް
އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި
މިހާރުވެސް ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސެއްދޭ، މި ބަދަލާއެކު އެ އަދަދު 4000 ރުފިޔާއަށް ބޮޑުވާނެ
ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް
ކުރީ ސަރުކާރުން ފެށިގެން ހާފިޒުންނަށް އިސްކަންދީގެން، ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގާ

ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނަ ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވައުދު ވެފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހާފިޒުންނަށް ސަރުކާރުގެ ފަރާތުން މިހާރުވެސް ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސެއް ދެއެވެ. މި ބަދަލާއެކު އެ އަދަދު 4000 ރުފިޔާއަށް ބޮޑުވާނެއެވެ.

ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ އިސްކަމެއްދެއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެށިގެން ހާފިޒުންނަށް އިސްކަންދީގެން، ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގާއިރު، ރަމަޟާން މަހާއި ދިމާކޮށް ރާއްޖެއިން ބޭރުން އިމާމުން ގެނައުން މަދުކޮށް، ދިވެހި ހާފިޒުންނަށް ފުރުސަތު ދިނުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް