ކ. މާލެ
|
5 ނޮވެންބަރ 2025 | ބުދަ 12:59
"ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ" ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އޭދަފުއްޓަށް ވަޑައިގަތުމަށްޓަކައި ދަރަވަންދޫއަށް ވަޑައިގަތުން
"ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ" ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އޭދަފުއްޓަށް ވަޑައިގަތުމަށްޓަކައި ދަރަވަންދޫއަށް ވަޑައިގަތުން
ޙުސައިން މަޚްތޫމް
ރައީސް ސާލިހް
އޭދަފުށީގައި ބާއްވާ ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ޞާލިހު ފުރާވަޑައިގެންފި
މި މުބާރާތަކީ ބ. އަތޮޅު ކައުންސިލުން 2023 ވަނަ އަހަރު ފެށި މުބާރާތެއް
މި މުބާރާތުގެ ކޮންމެ ޗެމްޕިއަން ޓީމަކަށް 150،000 ރުފިޔާގެ އިނާމެއް އަދި ރަނަރަޕް ޓީމަކަށް 75،000 ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅާފައި

ބ. އޭދަފުށީގައި ބާއްވާ ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޞާލިހު ފުރާވަޑައިގެންފި އެވެ.

މި މުބާރާތަކީ ބ. އަތޮޅު ކައުންސިލުން 2023 ވަނަ އަހަރު ފެށި މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަތުމަށް ރައީސް ޞާލިހަށް ލިބިވަޑައިގެންނެވި ދައުވަތު ގަބޫލުކުރައްވާ އެމަނިކުފާނު އެރަށަށް ބުދަ ދުވަހުގެ މެންދުރު ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ" ނަމުގައި ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރު އެވެ. އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗްތައް ކުޅޭ އިރު މި މުބާރާތަކުގެ ކޮންމެ ޗެމްޕިއަން ޓީމަކަށް 150،000 ރުފިޔާގެ އިނާމެއް އަދި ރަނަރަޕް ޓީމަކަށް 75،000 ރުފިޔާގެ އިމާނެއް ވަނީ ހުށަހަޅާފަ އެވެ.

ރައީސް ޞާލިހުގެ މި ދަތުރުފުޅުގެ ތެރެއިން ބ. އަތޮޅު ކައުންސިލާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އެމްޑީޕީގެ މެންބަރުންނާއި ވެސް ބައްދަލުކުރައްވާނެ އެވެ.

- ކޮމެންޓް