ކ. މާލެ
|
24 ޖޫން 2025 | އަންގާރަ 01:21
ދޯހާ، ގަތަރު - ޖޫން 23: އީރާނުގެ މިސައިލް އަދި އެއާ-ޑިފެންސް އިންޓަސެޕްޓަރު ދޯހާގެ އުޑުމަތިން ފެންނަމުން ދިޔަ ގޮތް. އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އަށް ފޮނުވި ހުރިހާ މިސައިލެއް ވެސް ގަތަރުން ވަނީ ހުއްޓުވާފައި
ދޯހާ، ގަތަރު - ޖޫން 23: އީރާނުގެ މިސައިލް އަދި އެއާ-ޑިފެންސް އިންޓަސެޕްޓަރު ދޯހާގެ އުޑުމަތިން ފެންނަމުން ދިޔަ ގޮތް. އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އަށް ފޮނުވި ހުރިހާ މިސައިލެއް ވެސް ގަތަރުން ވަނީ ހުއްޓުވާފައި
ގެޓީއިމޭޖަސް
އިސްރާއީލް-އީރާން ހަނގުރާމަ
އީރާނުން ގަތަރުގެ އަލް އުދައިދަށް ދިން ހަމަލާގެ "އިންޒާރު" ކުރިއާލާ އެމެރިކާ އަށް ދިން: ޓްރަމްޕް
އެއްވެސް މީހަކަށް އަނިޔާއެއް ނުވާގޮތް ވުމަށް މަގުފަހި ވީތީ، އީރާނަށް ޓްރަމްޕް ޝުކުރު އާދާ ކުރައްވާފައިވޭ

ގަތަރުގެ އަލް އުދައިދް އެއަރ ބޭސް އަށް އީރާނުން ހޯމަ ދުވަހުގެ ރޭ ދިން މިސައިލް ހަމަލާ އަކީ ބާރެއް ނެތް ހަމަލާ އެއް ކަމަށް ވިދާޅުވެ، އެކަމަށް ވޮޝިންގްޓަނުން ރައްދު ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަ ކުރައްވައިފިއެވެ.

"އެއްވެސް އެމެރިކާ ރައްޔިތަކަށް ގެއްލުމެއް ނުވޭ، އަދި ހަމަލާގެ ގެއްލުން ވަރަށް ކުޑަކަން އުފަލާއެކު ދަންނަވަން... އިތުރު ރުޅިވެރިކަމެއް ނޯންނާނެ،" ޓްރަމްޕް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވިއެވެ.

"އަހަރެމެންނަށް ކުރީ އިންޒާރު ދިނުމުން، އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުވެ، އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުވާގޮތް ވުމަށް މަގުފަހި ވީތީ، އީރާނަށް ޝުކުރު ދަންނަވަމެވެ. މިހާރު އީރާނަށް ސަރަޙައްދުގެ ސުލްޙަ އަދި ހަމަޖެހުމާ ދިމާލަށް ދަށް ދެވިދާނެއެވެ، އަދި އިސްރާއީލު ވެސް އެގޮތަށް ކުރިއަށް ދިއުމަށް އަޅުގަނޑު ވަރަށް ޝައުޤުވެރިކަމާއެކު ބާރުއަޅާނަމެވެ." ޓްރަމްޕް ވިދާޅުވިއެވެ.

- ކޮމެންޓް