ކ. މާލެ
|
23 ޖޫން 2025 | ހޯމަ 19:59
ތެހެރާނުގެ އެވިން ޖަލުގައި ބަންދުކޮށްފައި ތިބި ގައިދީން
ތެހެރާނުގެ އެވިން ޖަލުގައި ބަންދުކޮށްފައި ތިބި ގައިދީން
ވެސްޓް ނިއުސް އޭޖެންސީ
އިސްރާއީލް
އިސްރާއީލުން ތެހެރާނުގައި ހުންނަ މައި ޖަލަށް ހަމަލާ ދީފި
އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ސާފުކޮށް ވިދާޅުވީ އިސްރާއީލުން މިހާރު ހަމަލާތައް ދެނީ ހަމައެކަނި ފުރަތަމަ ބަޔާން ކޮށްފައިވާ ލަނޑުދަނޑިތައް ކަމަށް ވާ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި މިސައިލްތަކަށް، އެކަނި ނޫން ކަމަށާއި އޭގެ ބަދަލުގައި ތެހެރާނުގެ ސަރުކާރުގެ ބާރު ކަނޑުވާލުމަށް ވެސް ހަމަލާދޭނެ ކަމަށް

އިސްރާއީލުން ހޯމަ ދުވަހު ތެހެރާނުގައި ހުންނަ އެވިން ޖަލަށް ހަމަލާ ދީފިއެވެ.

މިއީ އީރާނުގެ ވެރިކަމުގެ ނިޒާމުގެ އެންމެ ބާރުގަދަ ނިޝާންތަކުގެ ތެރެއިން އެއް ނިޝާނެވެ. އިސްރާއީލުން މިކަން ސިފަކުރީ އީރާނުގެ ވެރިރަށަށް މިހާތަނަށް ދެވުނު އެންމެ ގަދަފަދަ ބޮމުގެ ހަމަލާ ކަމުގައެވެ.

މިހަމަލާ އިސްރާއީލުން ދިނީ އެމެރިކާ އިން އީރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާ ދިން ދުވަހުގެ ޖެހިގެން އައި ދުވަހުގައެވެ.

އީރާނުން އެމެރިކާ އަށް ބަދަލު ހިފުމުގެ ހަމަލާދޭނެ ކަމަށް ކުރިން ބުނެފައިވާ ބުނުން ވަނީ ތަކުރާރު ކޮށްފައެވެ. ނަމަވެސް އެމެރިކާގެ އިން އީރާނުގެ ނިއުކްލިއަރ ތަންތަނަށް 30,000 ޕައުންޑުގެ ބަންކަރ-ބަސްޓަރ ބޮންތައް އެޅުމަށްފަހު 24 ގަޑިއިރަށްވުރެ ގިނަ ވަގުތު ފާއިތުވެ ދިޔައިރު ވެސް އީރާނުން ދޭން ބުނި ރަައްދު ހަމަލާ ދީފައެއް ނުވެއެވެ.

މިހާރު އެމެރިކާގެ ރައީސް ފާޅުކަން ބޮޑު ގޮތެއްގައި ދައްކަމުން ގެންދަވަނީ އީރާނުގެ ސަރުކާރު ވައްޓާލުމާ ބެހޭ ގޮތުންނެވެ.

އެމެރިކާ އިން އީރާނަށް ދިން ހަމަލާ އަށް ފަހު ކުރިން ހީކުރި ގޮތާ ޚިލާފަށް ތެލުގެ އަގަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ބައެއް ފަރާތް ތަކުން ބުނާ ގޮތުގައި މިއިން ދޭހަވަނީ ވިޔަފާރިވެރިން ގަބޫލުކުރާ ގޮތުގައި ކަނޑު މަގުން ތެޔޮ އުފުލުމަށް ހުރަސް އަޅާނެ ކަމަށް އީރާނުން ދިން އިންޒާރުތަކާ އެއްގޮތަށް ޢަމަލުކުރާނެ ކަމަށް ނުބެލޭކަމެވެ.

އީރާނުގެ ޝަރުޢީ ނިޒާމުގެ މީޒާން ނިއުސް އައުޓްލެޓުން ޖަލަށް ހަމަލާ ދީފައި ވާކަން ކަށަވަރު ކޮށްދިނެވެ. އެ ތަނުން ބުނީ އިމާރާތުގެ ބައެއް ހަލާކުވެފައިވާ ނަމަވެސް ހާލަތު ކޮންޓްރޯލްގެ ދަށުގައި އޮތް ކަމަށެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރު އެކްސްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި އެވިން ޖަލުގެ ދޮރޯށި ގޮއްވާލާ މަންޒަރެއް ދައްކާފައިވެއެވެ.. އަދި އެއާއެކު "ވިވާ ލާ ލިބަރްޓަޑް!" މިހެން ލިޔެފައިވެއެވެ. މިއީ ސްޕެނިޝް ބަހުން "މިނިވަންކަމަށް ދިގު އުމުރެއް" މި މާނައިގައި ބޭނުންކުރާ ޢިބާރާތެކެވެ.

އެވިން ޖަލަކީ ސިޔާސީ ގައިދީންނާއި ސަލާމަތައް ނުރައްކާވާ ގައިދީން ބަންދު ކުރުމަށް ބޭނުން ކުރާ މައި ޖަލެވެ. ޚާއްޞަކޮށް 1979 ގައި އީރާނުގެ އިންޤިލާބަށް ފަހު މިކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން، މިއީ ގިނަ އަދަދެއްގެ ބޭރުގެ މީހުން ޖާސޫސް ކުރުމުގެ ކުށުގައި ބަންދުކޮށްފައި ތިބި ތަނެކެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ސާފުކޮށް ވިދާޅުވީ އިސްރާއީލުން މިހާރު ހަމަލާތައް ދެނީ ހަމައެކަނި ފުރަތަމަ ބަޔާން ކޮށްފައިވާ ލަނޑުދަނޑިތައް ކަމަށް ވާ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި މިސައިލްތަކަށް، އެކަނި ނޫން ކަމަށާއި އޭގެ ބަދަލުގައި ތެހެރާނުގެ ސަރުކާރުގެ ބާރު ކަނޑުވާލުމަށް ވެސް ހަމަލާދޭނެ ކަމަށެވެ.

"އައި.ޑީ.އެފްއިން މިހާރު ވަނީ، މީގެ ކުރިން ދުވަހަކުވެސް ނުދެވޭ ވަރުގެ ބާރުގަދަ ގޮތަކަށް، ތެހެރާނުގެ މައި ސަރަޙައްދުގައި ހުރި ވެރިކަމުގެ ނިޒާމުގެ ތަންތަނަށާއި ސަރުކާރުގެ އަނިޔާވެރިކަމުގެ މުއައްސަސާތަކަށް ހަމަލާ ދެމުންނެވެ،" އޭނާ ބަޔާނެއްގައި ވިދާޅުވިއެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން އިތުރަށް ބުނީ އިސްރާއީލުން ތެހެރާނު ސަރަޙައްދުގައި ހުރި އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އެތެރޭގެ ސަލާމަތައް ޒިންމާވާ ކޮމާންޑް ސެންޓަރުތަކަށް ވެސް ހަމަލާދީފައިވާ ކަމަށެވެ.

ތެހެރާނަށް ދެވުނު ހަމަލާތަކުގެ ފުރިހަމަ މިންވަރާ ބެހޭގޮތުން އީރާނުގެ މީޑިއާގައި ފުށުއަރާ ރިޕޯޓުތައް ނެރެފައިވެއެވެ.

ތެހެރާނަކީ 10 މިލިއަން މީހުން ދިރިއުޅޭ ސިޓީއެކެވެ. 10 ދުވަހުގެ ބޮމުގެ ހަމަލާތަކާ ގުޅިގެން މި ސިޓީގެ އާބާދީގެ ބޮޑު ބައެއް ސިޓީ ދޫކޮށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނުގެ ދަރިވަރުންގެ ނިއުސް ނެޓްވަރކުން ރިޕޯޓުކުރީ ތެހެރާނުގެ މައި ޔުނިވަރސިޓީތަކުގެ ތެރެއިން އެއް ޔުނިވަރސިޓީ ކަމަށްވާ ޝަހީދު ބެހެޝްތީ ޔުނިވަރސިޓީ އަށް ވެސް ހަމަލާދީފައިވާ ކަމަށެވެ.

ނަމަވެސް ޔުނިވަރސިޓީގެ ޕަބްލިކް ރިލޭޝަންސް އޮފީހުން މިކަން ދޮގުކޮށްފައިވެއެވެ.

- ކޮމެންޓް