ކ. މާލެ
|
23 ޖޫން 2025 | ހޯމަ 17:59
އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން އިސްރާއީލާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަން ޓްރޫ ޕްރޮމިސް ހަމަލާތަކުގެ އައު ބުރެއް ހޯމަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައި
އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން އިސްރާއީލާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަން ޓްރޫ ޕްރޮމިސް ހަމަލާތަކުގެ އައު ބުރެއް ހޯމަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައި
ޕްރެސް ޓީވީ
އިސްރާއީލް-އީރާން ހަނގުރާމަ
އޮޕަރޭޝަން ޓްރޫ ޕްރޮމިސް - އައު ޖީލުގެ މިސައިލުު ބޭނުން ކޮށްގެން އިސްރާއީލަށް 21 ވަނަ ބުރުގެ ހަމަލާތައް އީރާނުން ދީފި
ހޯމަ ދުވަހުގެ އީރާނުގެ މިސައިލް ހަމަލާ އެރި ތަންތަނުގެ ތެރޭގައި އަޝްދޯދުގެ ކަރަންޓު އުފައްދާ މަރުކަޒެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނޭ

އާ ޖީލުގެ މިސައިލް ބޭނުން ކޮށްގެން އިސްރާއީލަށް އީރާނުން ހޯމަ ދުވަހު ސީދާ ހަމަލާތަކެއް ދީފައިވެއެވެ.

އީރާނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލާ ދެކޮަޅަށް ބަދަލު ހިފުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ 21 ވަނަ މަރުހަލާ ފެށުނީ ހޯމަ ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 12:00 އެވެ.

މަޢުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާދީ އީރާނުގެ މީޑިއާ އިން ބުނާ ގޮތުގައި މިއަދުގެ ބަދަލުހިފުމުގެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ އާ ޖީލުގެ މިސައިލްތައް ބޭނުން ކުރެވުނެވެ.

އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) ގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ 21 ވަނަ މަރުހަލާ ފެށިފައި ވަނީ މުޖުރިމު ޒަޔަނިސްޓް ވެރިކަމުގެ ހަމަލާތައް ދެމިގެންދާތީ އެކަމަށް ޖަވާބު ދިނުމުގެ ގޮތުން ކަމަށެވެ.

މި އޮޕަރޭޝަންގެ އެންމެ ފަހުގެ މަރުހަލާގައި ޑްރޯން އާއި މިސައިލް ބޭނުން ކުރި ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މި މަރުހަލާގައި، ފުރަތަމަ ފަހަރަށް ގިނަ ހަތިޔާރު އެކުލެވޭ ހައިބަރު (ޤަދްރު-އެޗް) ބެލިސްޓިކް މިސައިލް ބޭނުން ކުރެވުނެވެ.

މިސައިލްތައް ކާމިޔާބު ކަމާއެކު ޒަޔަރިސްޓް ވެރިކަމުގެ އުތުރާއި، ދެކުނާއި، މެދު ސަރަހައްދު ތަކުގައި ހުރި މުހިންމު އަމާޒުތަކަށް ވާސިލުވި ކަމަށް އީރާނުން ބުނެއެވެ.

އައިއާރްޖީސީގެ ބަޔާނުގައި ވަނީ މި "އޮޕަރޭޝަން" ކުރިއަށް ގެންދާނީ އައު ހާއްސަ އުކުޅުތަކާ އެކު، ދުޝްމަނުންގެ ވައިގެ ދިފާޢީ ނިޒާމުތަކުގެ ބަލިކަށި ކަންތައްތަކުގެ ފައިދާ ނަގައިގެން ކަމަށާއި، އަދި މިކަން އިތުރަށް ވަރުގަދަވެ ބާރުގަދަވަމުން ދާނެ ކަމަށެވެ.

އަދި އިތުރަށް ބުނެފައި ވަނީ ޑްރޯން އިން ދޭ ހަމަލާތައް "އެންމެ ވަގުތު ކޮޅަކަށް ވެސް ހުއްޓާ ނުލާނެ" ކަމަށާއި، މިކަމުގެ ސަބަބުން ހިފާފައިވާ ސަރަހައްދު ތަކުގައި ތިބި އިސްރާއީލު މީހުން އުޅެން ޖެހޭނީ "އަބަދުވެސް ސައިރަންތަކާއި، ފިލަން ދުވުމާއި، ރައްކާތެރިކަން ހޯދުމުގެ ތެރޭގައި" ކަމަށެވެ.

އިސްރާއީލުގެ ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު ގެ ވަރުގަދަ ގޮވުން ތަކުގެ ސަބަބުން ގިނަ ރަށްތަކެއްގެ މަގުތަކަށް ބޮޑެތި ގެއްލުން ލިބި، އެތަންތަނުގައި ދިރިއުޅޭ މީހުން އަނެއްކާ ވެސް ބިމުގެ އަޑީގައި ހަދާފައިވާ ރައްކާތެރި ތަންތަނަށް ފިލަން ދިޔައެވެ.

ފުރަތަމަ ފަހަރަށް، އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގައި 35 މިނެޓުގެ މުއްދަތަކަށް ވައިގެ ހަމަލާގެ ސައިރަންތައް ގޮވުނެވެ. ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މިއީ ހޯމަ ދުވަހު ބޭނުން ކުރެވުނު އީރާނުގެ މިސައިލްތަކުގެ ބޮޑު ރާޅެއްގެ ނިޝާނެކެވެ.

އަނެއްކާވެސް، އިސްރާއީލުގެ ގިނަ ފަށަލަތަކުގެ ވައިގެ ދިފާޢީ ނިޒާމުތަކަށް އީރާނުގެ އާ ޖީލުގެ މިސައިލްތައް ހުއްޓުވުމަށް ނުކުޅެދުނު ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ. މި މިސައިލްތައް ހިފާފައިވާ ސަރަހައްދުތަކުގައި ހުރި އަމާޒުކުރެވުނު ތަންތަނަށް ވާސިލުވި ކަމަށް ޕްރެސް ޓީވީ އިން ބުނެފައިވެއެވެ.

އީރާނުގެ ޕްރެސް ޓީވީ އިން އެ ގައުމުގެ މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ ހޯމަ ދުވަހުގެ އޮޕަރޭޝަންގައި ބޭނުންކުރެވުނީ ހައިބަރު ޝެކަން، އިމާދު، ޤަދްރު، އަދި ފައްތާޙް-1 މިސައިލްތަކެވެ. މި މިސައިލްތައް ޖެހުނީ ހިފާފައިވާ ސަރަހައްދުތަކުގައި ހުރި މުހިންމު އިސްރާއީލުގެ އަސްކަރީ ވަސީލަތް ތަކަށެވެ.

މިސައިލްތައް ސީދާ އަމާޒު ކުރެވުނީ އަޝްދޯދުގެ ކަރަންޓު އުފައްދާ މަރުކަޒަށެވެ. މިކަމުގެ ސަބަބުން ހިފާފައިވާ ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ކަރަންޓު ކެނޑުނު ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އީރާނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ އަސްކަރީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. މިގޮތުން ޖޫން 13 އިން ފެށިގެން 400 އަށް ވުރެ ގިނަ މީހުން އީރާނުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި އިސް ފަންތީގެ އަސްކަރީ ވެރިންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި، ޕްރޮފެސަރުންނާއި، ކުޅިވަރުވެރިންނާއި ދަރިވަރުން ހިމެނެއެވެ.

މިކަމަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ ހަތިޔާރުވެރި ބާރުތަކުން އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ ދަށުން 21 މަރުހަލާއެއްގައި މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމަލާދީފައިވެއެވެ. މިގޮތުން އިސްރާއީލުގެ ވެރިކަމާއި، އަސްކަރީ އިންޓެލިޖެންސް ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

އާދީއްތަ ދުވަހު، އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ 20 ވަނަ މަރުހަލާގައި ފުރަތަމަ ފަހަރަށް ގިނަ ހަތިޔާރު އެކުލެވޭ ހައިބަރު ޝެކަން ބެލިސްޓިކް މިސައިލް ބޭނުންކުރެވުނެވެ.

20 ވަނަ މަރުހަލާ ފެށުނީ އެމެރިކާއިން ފޯރްދޯ، ނަތަންޒް، އަދި އިސްފަހާން ގައި ހުރި އީރާނުގެ ތިން ނިއުކްލިއަރ ވަސީލަތަކަށް ހަމަލާދިން ކަމަށް ބުނިތާ ގަޑިއިރުތަކެއްގެ ފަހުންނެވެ.

އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފައިވާ ގޮތުގައި އާދީއްތަ ދުވަހު ތަފާތު ބާވަތްތަކުގެ ޖުމްލަ 40 މިސައިލް އިސްރާއީލުގެ އަމާޒުތަކަށް ފޮނުވާލެވުނެވެ.

- ކޮމެންޓް