އިސްރާއީލަށް އަމާޒުކޮށް އީރާނުން ފޮނުވާލި އިތުރު މިސައިލް ހަމަލާތަކެއް އެ ޤައުމަށް އަމާޒުވަމުންދާ ކަމަށް އިސްރާއީލް އިން ބުނެފި އެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި އީރާން އިން ދޫކޮށްފަައިވާ އިތުރު މިސައިލްތަކެއް އިސްރާއީލަަށް އަމާޒުވެގެން އަންނަމުންދާކަން ފާހަަގަވެފައިވެ އެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން މިކަން ހާމަ ކުރުމާ އެކު، އެ ޤައުމުގެ އާންމު ރައްޔިތުންނަށް ވަނީ ސަލާމަތީ އިންޒާރު ވެސް ދީފަ އެވެ. އެގޮތުންް އެ ހަމަލާތަކާ ގުޅޭ އެއްވެސް ވީޑިއޯއެއް ނުވަތަ އެއްވެސް ރެކޯޑިންއެއް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށް ވެސް ވަނީ އެދިފަ އެވެ.
އީރާން އިން ފޮނުވާލި މިސައިލް ހަމަލާތަކުގެ ސަބަބުން، އިސްރާއީލް އިން އަންނަނީ ދިފާއު ވުމަށް ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅަމުން ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް އިތުރު އިންޒާރުތައް ވެސް އަންނަނީ ދެމުންނެވެ.
އީރާންގެ މި ހަމަލާތަކަކީ، އެމެރިކާ އިން އީރާނަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ފަހުން، އީރާން އިން އިސްރާއީލް އަށް ދޭ ފުރަތަމަ ހަމަލާ އެވެ.