ކ. މާލެ
|
21 ޖޫން 2025 | ހޮނިހިރު 15:18
ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން އަދި އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، އޯއައިސީގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަވަނީ
ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން އަދި އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، އޯއައިސީގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަވަނީ
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
އީރާނާ އެއްބައިވުމަށް އިސްލާމީ ޤައުމުތަކަށް ގޮވާލައްވައިފި 
އޭނާ ވިދާޅުވީ ކަން ދިމާ ކުރި ގޮތުން ހޮނިހިރު ދުވަހުގެ އެ ބައްދަލުވުން ބޭއްވިގެން ދަނީ އިސްލާމީ އުންމަތް ވަރަށް ބޮޑު ވޭނެއް އިހުސާސް ކުރަމުންދާ ދަނޑިވަޅައެއްގައި ކަަމަށެވެ.

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުން އަންނަ ވަރުގަދަ ހަނގުރާމައިގައި، އިސްލާމީ ޤައުމުތަކުން އީރާނާ އެއްބައިވުމަށް، ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ގޮވާލައްވައިފި އެވެ.

އޭނާ މިހެން ގޮވާލެއްވީ ތުރުކީގެ ވެރި ރަށް އިސްތަންބޫލުގައި ހޮނިހިރު ދުވަހު ކުރިއަށްދާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވީ އިސްރާއީލް އިން އަންނަނީ އީރާނަށް އަމާޒުކޮށް ހަމަލާ ދެމުން ކަމަށާއި، އެ ހަމަލާތަކުގެ ސަބަބުން މުޅި މެދު އިރުމަތި ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ތިއްބެވި ޤައުމު ތަކުގެ ޚާރިޖީ ވަޒީރުންނާ މުޚާތަބު ކުރައްވައި އޭނާ ވިދާޅުވީ، އިސްރާއީލާ ދެކޮޅަށް ހަމަލާ ދިނުމުގައި އިސްލާމީ ހުރިހާ ޤައުމުތަކުން ވެސް އީރާނާ އެއްބައިވާން ޖެހޭ ކަމަށެވެ. އަދި އެކަމުގައި އީރާނަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ތުރުކީގެ ޚާރިޖީ ވަޒީރުގެ ވާހަކައިގައި ފާހަގަ ކުރެއްވި ގޮތުގައި ޣައްޒާ އާއި، ލުބުނާން، ސީރިއާ، ޔަމަން އަދި މިހާރު އީރާނަށް އިސްރާއީލް އިން ދެމުންދާ ހަމަލާތަކުގެ ސަބަބުން، މުޅި ސަރަހައްދު ވަނީ "އިސްރާއީލްގެ މައްސަލައާ" ކުރިމަތިލާން ޖެހިފައި އެވެ. 

އޭނާ ވިދާޅުވީ ކަން ދިމާ ކުރި ގޮތުން ހޮނިހިރު ދުވަހުގެ އެ ބައްދަލުވުން ބޭއްވިގެން ދަނީ އިސްލާމީ އުންމަތް ވަރަށް ބޮޑު ވޭނެއް އިހުސާސް ކުރަމުންދާ ދަނޑިވަޅައެއްގައި ކަަމަށެވެ. އިސްރާއީލް އިން ވަނީ މުޅި ޣައްޒާ "ލެއިން ތަތް ތަޅުވާފައި" ކަމަށާއި، އެ ވޭންތަކާއި ކެކުޅުން ނިމުމަކަށް ގެންނަން އިސްލާމީ ޤައުމުތައް އެކުގައި އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް ތުރުކީގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ސަރަޙައްދީ ހަމަނުޖެހުން އިތުރަށް ގޯސްވިޔަ ނުދިނުމަށް، ބައިނަލްއަޤްވާމީ ބާރުތަކުން ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

- ކޮމެންޓް