ކ. މާލެ
|
21 ޖޫން 2025 | ހޮނިހިރު 15:00
ޣައްޒާގެ އުތުރު ސަރަހައްދުގައި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ފުރާނަ ގެއްލުނު ފަލަސްތީނު ބައެއްގެ ޖަނާޒާ ގައި އެމީހުންގެ ގާތްތިމާގެ މީހުން ހިތާމައިގައި - ޖޫން 19، 2025
ޣައްޒާގެ އުތުރު ސަރަހައްދުގައި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ފުރާނަ ގެއްލުނު ފަލަސްތީނު ބައެއްގެ ޖަނާޒާ ގައި އެމީހުންގެ ގާތްތިމާގެ މީހުން ހިތާމައިގައި - ޖޫން 19، 2025
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
ހޮނިހިރު ދުވަހު ފަތިހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާ އިން 21 މީހުން ޝަހީދު ކޮށްލައިފި
ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ 11 މީހުންނަކީ އެހީގެ މަރުކަޒުތައް ކައިރީގައި އެހީ ހޯދަން އުޅުނު މީހުން

ޣައްޒާ އަށް ހޮނިހިރު ދުވަހު ފަތިހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި 21 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފި އެވެ.

އިސްރާއީލުގެ އަނިޔާވެރި ހަމަލާތައް ޣައްޒާ ސްޓްރިޕްގެ އެކި ސަރަހައްދުތަކަށް ހުއްޓުމެއް ނެތި ދެމުން ދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކާ ހަވާލާދީ އަލްޖަޒީރާ އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ފަތިހުން ފެށިގެން މަދުވެގެން 21 ފަލަސްޠީނު މީހުން ވަނީ ޝަހީދު ކޮށްލާފައިވާއިރު، ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ 11 މީހުންނަކީ އެހީގެ މަރުކަޒުތައް ކައިރީގައި އެހީ ހޯދަން އުޅުނު މީހުންނެވެ. އަދި ޣައްޒާ ސިޓީގެ ދެކުނުގައިވާ ޒައިތޫން ސަރަހައްދަށް ދިން ހަމަލާއެއްގައި 3 މީހުން ޝަހީދުވެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލުގެ ހަމަލާތަކުގައި 55،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 65 އިންސައްތައަކީ ކުޑަކުދިންނާއި، އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުންނެވެ.

އިސްރާއީލުގެ ރަހުމު ކުޑަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިއަށްވުރެ މާ ބޮޑުތަން އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އެއީ ހަމަލާތަކުގައި ފުނޑުވެފައިވާ ޢިމާރާތްތަކުގެ ތެރޭގައި އެތައް ހާސް މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ބެލޭތީއެވެ.

- ކޮމެންޓް