ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 12:55
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
އިސްރާއީލާއި އީރާނާ ދެމެދު ހަނގުރާމަ ނިންމުމަށް ފްރާންސް އިން އައު ގޮތްތަކެއް ހުށަހަޅަނީ
ފްރާންސްގެ ޤައުމީ ސަލާމަތީ ކައުންސިލްގެ ބައްދަލުވުމެއްގައި، ޔޫރަޕުގެ ބައިވެރިންނާ އެކު މަޝްވަރާ ކޮށްގެން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހަނގުރާމަ ނިންމުމަށް ކުރެވިދާނެ ކަންތައްތަކެއް ޕްލޭން ކުރުމަށް ފްރާންސްގެ ރައީސް މެކްރޮން ވަނީ ޚާރިޖީ ވަޒީރު ޖީން ނޯއެލް ބަރަޓޯ އަށް އަންގަވާފައި.

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުން އަންނަ ވަރުގަދަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، ފްރާންސް އިން އައު ގޮތްތަކެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެ ޤައުމުން ހާމަކޮށްފި އެވެ.

އީރާންގެ ނިއުކްލިއާ ފެސިލިޓީ އަކަށް އަމާޒުކޮށް އިސްރާއީލް އިން އިސްވެ ދިން ހަމަލާއާ ގުޅިގެން، އީރާނުން ވެސް އަންނަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ ޤައުމުން ވެސް ވަނީ ގިނަ ހަމަލާތަކެއް ބަދަލު ކޮށްފަ އެވެ.

އިސްރާއީލާއި އީރާނާ ދެމެދު ހަނގުރާމަ ފެށުމާ އެކު، މެދު އިރުމަތީގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އަދި އެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ގިނަ ޤައުމުތަކަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސް ވެސް ހިމެނެ އެވެ. 

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ އޮފީހުން ބުނެފައިވާ ގޮތުގައި، އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޔޫރަޕުގެ ބައިވެރިންނާ އެކު މަޝްވަރާ ކޮށްގެން ޙައްލެއް ހޯދުމަށް ފްރާންސް އިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފްރާންސްގެ ޤައުމީ ސަލާމަތީ ކައުންސިލްގެ ބައްދަލުވުމެއްގައި، ޔޫރަޕުގެ ބައިވެރިންނާ އެކު މަޝްވަރާ ކޮށްގެން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހަނގުރާމަ ނިންމުމަށް ކުރެވިދާނެ ކަންތައްތަކެއް ޕްލޭން ކުރުމަށް ފްރާންސްގެ ރައީސް މެކްރޮން ވަނީ ޚާރިޖީ ވަޒީރު ޖީން ނޯއެލް ބަރަޓޯ އަށް އަންގަވައިފަ އެވެ. 

އިސްރާއީލާއި އީރާނާ ދެމެދު ހަނގުރާމަ ފެށުނު ފަހުން، ފްރާންސްގެ ޚާރިޖީ ވަަޒީރު އަންނަނީ ޖަރުމަނު އަދި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުންނާ އެކު ވަރަށް ގާތުން މަޝްވަރާ ކުރަމުން ކަމަށް ވެސް ބުނެފައިވެ އެވެ. ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތަކީ 2015 ވަނަ އަހަރު އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމުގައި ބައިވެރިވި ތިން ޤައުމެވެ. 

މީގެ އިތުރުން ފްރާންސްގެ ރައީސް މެކްރޮން ވަނީ އީރާންގެ ނިއުކްލިއާ އަދި ބެލިސްޓިލް މިސައިލް ޕްރޮގްރާމާ އެއްވެސް ގުުޅުމެއް ނެތް ތަންތަނަށް އިސްރާއީލް އިން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ވެސް ގޮވާލައްވައިފަ އެވެ. 

- ކޮމެންޓް