ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 11:18
އީރާންގެ ހަމަލާ އަށް ފަހު އިސްރާއީލްގެ އިމަޖެންސީ ސާވިސްގެ މީހުން ޙަރަކާތްތެރި ވަނީ
އީރާންގެ ހަމަލާ އަށް ފަހު އިސްރާއީލްގެ އިމަޖެންސީ ސާވިސްގެ މީހުން ޙަރަކާތްތެރި ވަނީ
އޭއެފްޕީ
އިސްރާއީލް-އީރާން ހަނގުރާމަ
އީރާންގެ މިސައިލް ހަމަލާގައި އިސްރާއީލް އިން 32 މީހަކު ޒަޚަމުވެއްޖެ 
އިސްރާއީލްގެ އަސްކަރިއްޔާ އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ، އިސްރާއީލްގެ ދެކުނުގައި ހުންނަ ސޮރާކޯ ހޮސްޕިޓަލަށް އީރާންގެ ސީދާ ހަމަލާ އަމާޒުވެފައިވާ ކަމަށެވެ.

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ހަމަލާ ބަދަލު ކުރުންތަކުގެ ތެރެއިން، އިސްރާއީލަށް އަމާޒުކޮށް އެންމެ ފަހުން އީރާން އިން ދިން މިސައިލް ހަމަލާގައި އެ ޤައުމުގެ 32 މީހަކު ޒަޚަމުވެއްޖެ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ، އިސްރާއީލްގެ ދެކުނުގައި ހުންނަ ސޮރާކޯ ހޮސްޕިޓަލަށް އީރާންގެ ސީދާ ހަމަލާ އަމާޒުވެފައިވާ ކަމަށެވެ. ހަމަލާގައި އެ ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

މީގެ އިތުރުން އިސްރާއީލްގެ ވެރި ރަށް، ތެލް އަވީވަށް ވެސް އީރާންގެ މިސައިލް ހަމަލާ އަމާޒުވެފައިވާ ކަމަށް ބުނެފައިވެ އެވެ. ހަމަލާތަކާ ގުޅިގެން ސޮރާކޯ ހޮސްޕިޓަލްގެ އިސްވެރިންނާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، ހޮސްޕިޓަލަށް ލިބުނު ގެއްލުންތައް އިތުރަށް ބަލަމުން އަންނަ ކަމަަށެވެ. އަދި މިވަގުތު އާންމު ރައްޔިތުން ހޮސްޕިޓަލަށް ނައުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އީރާންގެ ހަމަލާގައި ގެއްލުންތަކެއް ލިބުނު ސޮރާކޯ ހޮސްޕިޓަލަކީ އިސްރާއީލްގެ ދެކުނު އާބާދީ އަށް ޚިދުމަތް ދެމުން އަންނަ އެންމެ މުހިންމު އެއް ހޮސްޕިޓަލް އެވެ. މީގެ އިތުރުން، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަައިގައި ޒަޚަމުވާ އިސްރާއީލްގެ ސިފައިންނަށް ވެސް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލްގަ އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި އީރާޏުން ވަނީ "އެތައް ބެލިސްޓިކް މިސައިލްތަލެއް" އިސްރާއީލަށް އަމާޒުކޮށްފަ އެވެ. އެ ހަމަލާއާ ގުޅިގެން އިސްރާއީލްގެ އެކި ސަރަހައްދުތަކުގައި ސައިރަން އިއްބައި، ޖެެރޫސަލަމް އަދި ތެވް އަވީވްގައި ވަނީ އިންޒާރު ވެސް އިއުލާން ކޮށްފަ އެވެ. 

ތެލް އަވީވް ސަރަހައްދުގެ އާންމުން ދިރިއުޅެމުން އަންނަ އިމާރާތާ ކައިރި އަށް އީރާންގެ މިސައިލެއް އަމާޒުވީ ނަމަވެސް، އެއްވެސް މީހަކު ޒަޚަމުވެފައި ނުވާ ކަމަށް ކުއްލި ނުރައްކަތުގެ ޚިދުމަތް ދެމުން އަންނަ ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

އިސްރާއީލް އިން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން، އޭގެ ބަދަލުގައި އީރާނުން އަންނަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އީރާނުން ދެމުން އަންނަ ހަމަލާތަކުން ސަލާމަތްވުމަށް އިސްރާއީލްގެ ގިނަ މީހުން ޝެލްޓަރުތަކަށް ވަންނަން ޖެހިފައިވާއިރު، މި ފަހުން އީރާންގެ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން އިސްރާއީލްގެ ސަރުކާރުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

- ކޮމެންޓް