ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 01:49
އީރާނުގެ ތެހެރާނަށް ޖޫން 13، 2025 ގައި އިސްރާއީލުން ދިން ހަމަލާއެއްގައި ހަލާކު ވެފައިވާ އިމާރާތްތަކެއް
އީރާނުގެ ތެހެރާނަށް ޖޫން 13، 2025 ގައި އިސްރާއީލުން ދިން ހަމަލާއެއްގައި ހަލާކު ވެފައިވާ އިމާރާތްތަކެއް
ގެޓީއިމޭޖަސް
އިސްރާއީލް-އީރާން ހަނގުރާމަ
ޔޫއެން ސެކިއުރިޓީ ކައުންސިލުން ހުކުރު ދުވަހު ބައްދަލު ކުރަނީ
ބައްދަލުވުން ބޭއްވުމަށް އީރާނުގެ މި ހުށަހެޅުމަށް ރަޝިޔާ، ޗައިނާ، ޕާކިސްތާން އަދި އަލްޖީރިއާ އިން ތާއީދު ކޮށްފައިވޭ

އދ. ގެ ސެކިއުރިޓީ ކައުންސިލުން އިސްރާއީލާއި އީރާނުގެ މައްސަލައާ ގުޅޭގޮތުން ކުއްލި ބައްދަލުވުމެއް ހުކުރު ދުވަހު ނިއުޔޯކު ގަޑިން ހެނދުނު 10:00 ގައި ބާއްވާން ނިންމައިފިއެވެ.

އީރާނުން މި ބައްދަލުވުން ބޭއްވުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި އިސްރާއީލުން އީރާނަށް ދެމުންދާ "ޣައިރު ޤާނޫނީ ޙަމަލާގައި އެމެރިކާގެ ސީދާ ބައިވެރިވުން އޮތްކަމުގެ އިތުބާރުހުރި ހެކިތައް އިތުރުވަމުން ދިއުމާއެކު، މި ހާލަތު ނުރައްކާތެރި މިންވަރަކަށް ގޯސްވެފައިވާތީ" ކަމަށް ބުނެފައެވެ.

އީރާނުގެ މި އެދުމަށް ރަޝިޔާ، ޗައިނާ، ޕާކިސްތާން އަދި އަލްޖީރިއާ އިން ތާއީދު ކޮށްފައި ވެއެވެ.

- ކޮމެންޓް