ކ. މާލެ
|
17 ޖޫން 2025 | އަންގާރަ 20:40
ތެހެރާނުގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާ އަކަށް ފަހު ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަނީ
ތެހެރާނުގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާ އަކަށް ފަހު ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަނީ
އީޕީއޭ
އިސްރާއީލް-އީރާން ހަނގުރާމަ
އީރާނާއި އިސްރާއީލުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
އީރާނުގެ މިސައިލްތައް، ހިފާފައިވާ ވެސްޓް ބޭންކް އާއި ތެލްއަވީވް ގެ މަތިން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

އިސްރާއީލުގެ ރިޕޯޓުތަކުގައިވާ ގޮތުން، އަންގާރަ ދުވަހު އީރާނުން މަދުވެގެން 10 މިސައިލް އިސްރާއީލަށް އަމާޒުކޮށް ފޮނުވާފައި ވެއެވެ.

އީރާނުގެ މިސައިލްތައް، ހިފާފައިވާ ވެސްޓް ބޭންކް އާއި ތެލްއަވީވް ގެ މަތިން ފެނިފައިވާ ކަމަށް އަލް ޖަޒީރާ އިން ވަނީ ބުނެފައެވެ.

މިސައިލްތައް އެރީ ކޮންކޮން ތަންތާކަށް ކަމެއް ސާފު ނުވާ ކަމަށް އަލް ޖަޒީރާ އިން ބުނެއެވެ. އަނެއްކޮޅުން އިސްރާއީލުގެ މެޑިކަލް އަދި އެމަޖެންސީ ޚިދުމަތްތަކުން އެއްވެސް މީހަކަށް ފަރުވާދިން ކަމަކަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

އިސްރާއީލުގައި ހަމަލާތަކާ ގުޅިގެން އިންޒާރުގެ އެލާމް ތެލް އަވީވް ޑިސްޓްރިކްޓްގެ ސަރަހައްދުން ބޭރަށް ވެސް އަޅާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިސްރާއީލުގެ މިލިޓަރީން ބުނެފައިވަނީ އީރާނުން ދޫކޮށްލި މިސައިލްތަކުގެ ތެރެއިން "ގިނަ" މިސައިލްތައް އިންޓަރސެޕްޓް ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްވެސް މިސައިލެއް އެއަރ ޑިފެންސް ސިސްޓަމްތައް ފަހަނައަޅައި ގޮސް އެއްވެސް ތަނަކަށް އެރި ކަމަކަށް ނުބުނެއެވެ.

އަނެއްކޮޅުން ތެހެރާންގެ މެދު އަދި ހުޅަނގު ސަރަހައްދު ތަކުން ގިނަ އަދަދެއްގެ ބާރު ގޮވުމުގެ އަޑުތައް އިވިފައިވެއެވެ.

އީރާނުގެ ވެރިރަށުގައި ގޮވުންތައް ހިނގި ސީދާ ތަންތަނާއި އަމާޒު ކުރެވުނު ކަމަށް ބެލެވޭ ތަންތަން ވަގުތުން ސާފު ނުވާ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

- ކޮމެންޓް