އީރާނާ ދެކޮޅަށް އެމެރިކާ ހަނގުރާމައިގައި ބައިވެރިވުން ހުއްޓުވުމަށް ސެނެޓަރު ބަރނީ ސޭންޑަރސް ބިލެއް ހުށަހަޅުއްވައިފިއެވެ.
ސޭންޑަރސްގެ "ނޯ ވޯރ އެގެއިންސްޓް އީރާން އެކްޓް" އިން، އެމެރިކާގެ ކޮންގްރެސް އިން ވަކިން ހުއްދަ ދީފައި ނުވާނަމަ، އީރާނާ ދެކޮޅަށް އެއްވެސް އަސްކަރީ ބާރެއް ބޭނުން ކުރުމަށް އެމެރިކާ ސަރުކާރުން ފައިސާ ބޭނުންކުރުން މަނާކުރާނެއެވެ.
"ނަތަންޔާހޫގެ ބިރުވެރި އަދި ޣައިރު ޤާނޫނީ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު އަދި ސަރަޙައްދީ ހަނގުރާމައެއް ފެށުމުގެ ނުރައްކާ އޮތް ކަމެކެވެ. ނަތަންޔާހޫގެ އަމިއްލަ އިޚްތިޔާރުގައި ފެށި ހަނގުރާމަ އެއްގައި އެމެރިކާ އިން ބައިވެރި ނުވެވޭނެ ކަން ކޮންގްރެސް އިން ސާފުކޮށް ބުނަން ޖެހެއެވެ،" ވަރމޮންޓް ތަމްސީލުކުރައްވާ މިނިވަން މެންބަރު ސޭންޑަރސް ބަޔާނެއްގައި ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޤައުމުގެ ބާނީން ހަނގުރާމަ އާއި ސުލްޙައިގެ ބާރު ހަވާލު ކޮށްފައި ވަނީ ހަމައެކަނި ރައްޔިތުން އިންތިޚާބު ކުރާ ކޮންގްރެސްގެ މަންދޫބުންނާ އެވެ. އަދި ކޮންގްރެސް އިން ކަނޑައެޅިގެން ހުއްދަ ދީފައި ނުވާ އަނެއްކާވެސް އަގުބޮޑު ހަނގުރާމަ އަކަށް ވަނުމުގެ އެއްވެސް ބާރެއް ރައީސަށް ނެތްކަން އަޅުގަނޑުމެން ސާފުކޮށް ބުނަން ޖެހެއެވެ."
Tonight, I introduced legislation to stop Trump from from leading us into an illegal war with Iran.
— Bernie Sanders (@SenSanders) June 17, 2025
Another war in the Middle East could cost countless lives, waste trillions more dollars, and lead to even more deaths, more conflict, and more displacement. pic.twitter.com/CchHlSnLZy
މި ބިލަށް މެސެޗުސެޓްސްގެ ސެނެޓަރު އެލިޒަބެތް ވޮރެން ފަދަ ގިނަ ޑިމޮކްރެޓިކް ބައިވެރިން ތާއީދު ކުރި ނަމަވެސް، މި ބިލު ޤާނޫނަކަށް ވުމަކީ އެހާ ގާތްކަމެއް ނޫނެވެ. އެއީ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ދެ މަޖިލީހުގައިވެސް ރިޕަބްލިކަނުން ގެ އަޣުލަބިއްޔަތު އޮތުމުގެ އިތުރުން ޓްރަމްޕަށް ޤާނޫނު ވީޓޯ ކުރުމުގެ ބާރު އޮތުމާ އެކުގައެވެ.
މި ބިލު ހުށަހަޅާފައި ވާއިރު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެންބަރަކު ވެސް މިފަދަ ބިލެއް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ދާކަން ވަނީ އޭނާ ހާމަ ކުރައްވާފައެވެ.
This is not our war.
— Thomas Massie (@RepThomasMassie) June 16, 2025
But if it were, Congress must decide such matters according to our Constitution.
I’m introducing a bipartisan War Powers Resolution tomorrow to prohibit our involvement.
I invite all members of Congress to cosponsor this resolution.
ރިޕަބްލިކަން ރެޕްރެޒެންޓޭޓިވް ތޯމަސް މެސީ އަންގާރަ ދުވަހު އެކްސްގައި އިޢުލާނު ކުރެއްވި ގޮތުގައި، އޭނާ އަންގާރަ ދުވަހު "މި ހަނގުރާމައިގައި އެމެރިކާ ބައިވެރިވުން މަނާކުރުމަށް" ދެ ޕާޓީގެ ވޯރ ޕަވަރސް ގަރާރެއް ހުށަހަޅުއްވާނެއެވެ.
"މިއީ އަޅުގަނޑުމެންގެ ހަނގުރާމައެއް ނޫނެވެ،" އޭނާ ލިޔުއްވިއެވެ. "އެހެން ނަމަވެސް އެއީ އަޅުގަނޑުމެންގެ ހަނގުރާމައެއް ކަމުގައިވާނަމަ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އާ އެއްގޮތަށް މިފަދަ ކަންކަން ނިންމަން ޖެހޭނީ ކޮންގްރެސް އިންނެވެ."