އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް، ފްެރާންސްގެ ރައީސް އިމަނުއެލް މެކްރޮން ގޮވާލައްވައިފި އެވެ.
އިސްރާއީލް އިން އިސްވެ އިރާނާ ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވެސް އަންނަނީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ. ދެ ޤައުމުގެ ދެ މެދުގައި ހަމަލާތައް ބަދަލު ކުރުން ފެށިފައިވާއިރު، އީރާނުން އަންނަނީ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށް ދެމުންނެވެ.
ގްރީންލޭންޑަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މެކްރޮން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ހަނގުރާމަ އަށް ފިނި ކަމެއް އައިސް، ހަނގުރާމަ ހުއްޓޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހަމަ އެހެންމެ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މެކްރޮން ވިދާޅުވީ އެ ހަނގުރާމަ ފެށުނު ފަހުން، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ވާހަކަ ދައްކައި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އަދި އެކަމާ ގުޅުން ހުރި އަވަސް ޙައްލެއް ހޯދައި، މަޝްވަރާ ކުރުމަށް އެދިފައިވާނެ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.
މެކްރޮން ވިދާޅުވީ އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވެސް ވާހަކަ ދެކެވި، މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެމެރިކާގެ ރައީސް ޓްރަމްޕްގެ އަރިހުގައި ހަމަ އެ ވާހަކަތައް ތަރުކާރު ކޮށްފައި ވާނެ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.
މީގެ އިތުރުން ވާހަކަ ދައްކަވަނުން މެކްރޮން ވިދާޅުވީ، ކުރިއަށް އޮތް ޖީ7 ލީޑަރުންގެ ބައްދަލުވުމުގައި ވެސް އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.