ކ. މާލެ
|
14 ޖޫން 2025 | ހޮނިހިރު 22:51
އީރާނުގެ ދައުލަތުން ހިންގާ މީޑިއާތަކުން ވަނީ އިސްރާއީލުން ސައުތު ޕާސް ގޭސް ފީލްޑްގެ ރިފައިނަރީއަށް އަމާޒުކޮށްގެން ހަމަލާ ދިންކަން ކަށަވަރުކޮށްދީފައި
އީރާނުގެ ދައުލަތުން ހިންގާ މީޑިއާތަކުން ވަނީ އިސްރާއީލުން ސައުތު ޕާސް ގޭސް ފީލްޑްގެ ރިފައިނަރީއަށް އަމާޒުކޮށްގެން ހަމަލާ ދިންކަން ކަށަވަރުކޮށްދީފައި
އެކްސް
އިސްރާއީލް-އީރާން ހަނގުރާމަ
އީރާނުގެ ގޭސް ރިފައިނަރީ އަކަށް އިސްރާއީލުން ހަމަލާ ދީފި
ހަމަލާ ދިނީ ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް ފީލްޑް އަށް ކަމަށް ރިޕޯޓުތައް ބުނޭ

އީރާނުގެ ގޭސް ރިފައިނަރީ އަކަށް އިސްރާއީލުން ހަމަލާ ދީފިއެވެ.

އީރާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައި ވަނީ އިސްރާއީލުން ގޭސް ރިފައިނަރީ އަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށެވެ. މި ހަމަލާ އަމާޒު ކޮށްފައި ވަނީ އީރާނުގެ ދެކުނުގައިވާ ބުޝެހުރު ޕްރޮވިންސްގައި ހުންނަ ސައުތު ޕާރސް ގޭސް ފީލްޑުގައި ހުރި ރިފައިނަރީ އަކަށެވެ. މި ހަމަލާގެ ސަބަބުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް ފީލްޑެވެ. މި ފީލްޑަކީ ޤަތަރާ އެކު ހިއްސާކުރާ ފީލްޑެކެވެ (ޤަތަރުގައި މިތަން އެނގިފައިވަނީ ނޯތު ފީލްޑުގެ ނަމުގައެވެ).

މި ފީލްޑުން ދުވާލަކު 700 މިލިއަން ކިއުބިކް މީޓަރު (24,720 ކިއުބިކް ފޫޓު) އަށްވުރެ ގިނައިން ގޭސް އުފައްދައެވެ. މިއީ އީރާނުގެ މުޅި ގުދުރަތީ ގޭސް އުފެއްދުމުގެ ގާތްގަނޑަކަށް 65-70 އިންސައްތައެވެ.

މި ފީލްޑަކީ އީރާނުގެ އެތެރޭގެ ބޭނުންތަކަށާއި، ޕެޓްރޯކެމިކަލް އިންޑަސްޓްރީއަށާއި، ގޭސް އެކްސްޕޯޓު ކުރުމަށް ވަރަށް މުހިންމު ފީލްޑެކެވެ.

އީރާނުގެ އެހެން މުހިންމު ގޭސް ފީލްޑުތަކުގެ ތެރޭގައި ނޯތު ޕާރސް (ރިޒާވްތަކާއެކު)، ކިޝް އަދި ކަންގަން ހިމެނެއެވެ. ނަމަވެސް، މިއިން އެއްވެސް ފީލްޑެއް ސައުތު ޕާރސްއާ އެއްވަރެއް ނުވެއެވެ،

އިސްރާއީލުގެ ހަމަލާތަކަށްފަހު ގޭސް ރިފައިނަރީގައި ހިނގި އަލިފާން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުގެ ތެލުގެ މިނިސްޓްރީން ބުނެފައިވަނީ ރިފައިނަރީއާއި ސައުތު ޕާރސް ގޭސް ފީލްޑުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް އޮފިޝަލުން ވަރަށް އަވަހަށް އެޓެންޑް ވި ކަމަށެވެ.

- ކޮމެންޓް