ކ. މާފުށި ކައިރީ އޮންނަ ކަނޑުމާ ތިލަ ކައިރިއަށް ޑައިވިންގ އަށް ފޭބި ޖަޕާނުގެ ފަތުރުވެރިޔަ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ކަނޑޫމާ ތިލަ ކައިރިއަށް މިއަދުގެ ހެނދުނު ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.
#އަދާހަމަ: ކަނޑޫމާތިލަ ކައިރިއަށް ގެއްލުނު ފަތުރުވެރިޔާ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، މިއަދު ހަވީރު 17:17 ހާއިރު ވަނީ ނަގާފަ
— Maldives National Defence Force (@MNDF_Official) June 13, 2025
އެމްއެންޑީއެފްއިން ވިދާޅުވީ، އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދުގެ ހަވީރު 17:17 ހާއިރު ފަތުރުވެރިޔާ ނަގާފައިވާ ކަމަށެވެ.