Advertisement
ކ. މާލެ
|
31 މެއި 2024 | ހުކުރު 15:32
ކ.މާފުށީ
ކ.މާފުށީ
ސޯޝަލްމީޑިއާ
މާފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން
މާފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި 32 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
މި އޮޕަރޭޝަންގައި ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ފިރިހެނެއް
ބަލާ ފާސްކުރިއިރު ވަގުތީ ބަރުދަނުގައި 38.4 ގްރާމް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވޭ
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ކ.މާފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި 32 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށި ފުލުހުން 29 މެއި ވީ ބުދަ ދުވަހުގެ ރޭ 9:12 ހާއިރު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި 32 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ މާފުށި ޖަލު ކައިރިން ހުއްޓުވައި ބަލާ ފާސްކުރިއިރު ވަގުތީ ބަރުދަނުގައި 38.4 ގްރާމް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން ކަމަށް ފުލުހުން ބުނެއެވެ.

Advertisement

މީގެ އިތުރުން ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަހުން މާލެސިޓީގެ އިތުރުން އަތޮޅުތެރޭގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތައް ފުލުހުން ކުރިއަށް ގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް