ކ. މާފުށި ކައިރީ އޮންނަ ކަނޑުމާ ތިލަ ކައިރިއަށް ޑައިވިނަށް ފޭބި ޖަޕާނުގެ ފަތުރުވެރިޔަ ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ، މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ޖަޕާނުގެ ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ ކުރަމުން ކަމަށެވެ.
މި ހާދިސާގައި ގެއްލިފައިވަނީ، މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ. އަދި މި ހާދިސާގެ މަޢުލޫމާތު މިއަދު (ހުކުރު) ދުވަހު 10:02 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް، މެރިޓައިމްޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ޖަޕާނުގެ ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ ކުރަމުން. pic.twitter.com/ET8y9zZVXc
— Maldives National Defence Force (@MNDF_Official) June 13, 2025
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިންގ ގިއަރެއް ކަމަށާއި އަދި ހުދު ކުލައިގެ މާސްކެއް ކަމަށެވެ.