ކ. މާލެ
|
10 ޖޫން 2025 | އަންގާރަ 12:37
އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ރަޙްމާން: މިހާރު ގައުުގެ މިސްރާބު ހުރި އޮތުން އިންތިޚާބުތަކުގައި ރައްޔިތުންގެ ބަސް އިއްވުން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް
އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ރަޙްމާން: މިހާރު ގައުުގެ މިސްރާބު ހުރި އޮތުން އިންތިޚާބުތަކުގައި ރައްޔިތުންގެ ބަސް އިއްވުން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް
ރައްޔިތުންގެ މަޖިލިސް
ވައުދުނާމާ
މިސަރުކާރުން އިންތިހާބުތެރޭ ވައުދުތައް ވީއިރު އެއީ ކިހާވަރެއްގެ ކަމެއްކަން އިހްސާސްވެސް ނުވޭ: އަބްދުއްރަހްމާން
6000 ޓުއަރިސްޓު ބެޑު ގާއިމުކުރަން ވައުދުވީއިރު ހަންކެނޑޭ ޕްރޮޖެކްޓް އޮތީ ހުއްޓިފައި
ރައީސް އެންމެ ގިނައިން ދެއްކި އެއްވާހަކަ އަކީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ވާހަކަ

މިސަރުކާރުން ފުރަތަމަ އިންތިހާބުތެރޭ ވައުދުތަށް ވީއިރު އަދިވެސް އެއުޅެނީ އެއީ ކިހާވަރެއްގެ ކަމެއްކަން އިހުސާސް ވެސް ނުކުރެވިގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުއްރަހްމާން (އައްދު) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ވައުދުނާމާ ޕްރޮގްރާމުގައި އައްދު ވިދާޅުވީ އައްޑޫގައި ބްރިޖު އަޅާނެ ވާހަކަ ދެންނެވިއިރު އެއީ ކިހާ ހަރަދެއް ދާނެ އަދި ކިހާ ބޮޑު މަސައްކަތެއްކަން އޭރު އިހުސާސް ނުކުރެވޭ ކަމަށެވެ. އަދި އައްޑޫ ބްރިޖަށްވުރެ އައްޑޫ ރައްޔިތުންނަށް ވަގުތުން ވަގުތަށް ބޭނުންންވަނީ އާމްދަނީ ލިބޭނެ ވަސީލަތްތައް ގާއިމްކުރުމާއި ސިއްހީ ނިޒާމް ހަރުދަނާ ކުރުން ކަމަށެވެ.

މިސާލަކަށް އަޅުގަނޑު ހަމަ ވަރަށް ތާއީދު އައްޑޫ ހުޅުމީދޫގައި އަޅުއްވާނެ ކަމަށް ވިދާޅުވި ދަޅުމަސް ބަނދު ކުރާ ކާރުހާނާ އެޅިގެން އެތަނުން 500 މީހުންނަށް ވަޒީފާ ލިބެން، ޓުއަރިޒަމުން އެ ވިދާޅުވާ 10000 ވަޒީފާ އައްސޭރި ޓުއަރިޒަމުން ކޮންސެޕްޓޫ ތަރައްގީވެގެން އައިސް 10000 ވަޒީފާ ލިބުން އެއީ އަސްލު އަޅުގަނޑުމެންނަށް މިވަގުތު މާ މުހިންމު ކަންކަން.

މެމްބަރު އަބްދުއްރަހްމާން

މީގެ އިތުރުން އައްދު ވިދާޅުވީ، 6000 ޓުއަރިސްޓު ބެޑު ގާއިމުކުރާނެ ވާހަކަ ވިދާޅުވި ކަމަށާއި އެ ވައުދުވީއިރު ހަންކެނޑޭ ޕްރޮޖެކްޓް އޮތީ ހުއްޓިފައި ކަމަށެވެ. އަދި ފައިނޭންސްގެ ކަންކަން ހަމަޖެހިގެން ޗައިނާ ބަޔަކާ ގުޅިގެން ކުރިއަށްދާ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް ސަރުކާރުގެ ތެރެއިން ލިބޭ މައުލޫމާތަށް ބަލާއިރު އައްޑުގައި ހަންކެނޑޭ ލައިގެން ޖުމުލަ 600 ބެޑް ގާއިމްކުރަން އުޅުއްވާ ކަމަށް އައްދު ވިދާޅުވިއެވެ. މެންބަރު އައްދު ވިދާޅުވީ އިންތިހާބު ތެރޭގައި ވައުދުވީ 6000 ޓުއަރިސްޓު ބެޑް ގާއިމުކުރަން ކަމަށާއި ނަމަވެސް 600 ބެޑަކީ ވައުދުވި ވަރާ ބަލާއިރު 10 އިންސައްތަ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު އައްޑޫ ރައްޔިތުންނަށް ރިޔާސީ އިންތިހާބުގައި ވެވަޑައިގެން ވައުދުތަކަށް ބަލާއިރު އައްޑޫ ރައްޔިތުންގެ މެޖޯރިޓީ ދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވާ އެއް ކަމަކީ އައްޑޫ ބްރިޖުގެ މަޝްރޫއުއެވެ. އަދި އެ މެޖޯރިޓީއާއެއްކޮށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައިވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ފާޅުކަން ބޮޑިގޮތެއްގައި އެ ބްރިޖުގެ ވާހަކަ ވަނީ ދައްކާފައެވެ. ރައީސް އެންމެ ގިނައިން ދެއްކެވި އެއްވާހަކަ އަކީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން އައްޑު ބްރިޖުގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ވާހަކައެވެ.

ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެއޮތީ އެކަމަށްޓަކައި މަސައްކަތް ފަށައިފަ، މިހާރު އަރަބް ކޮންޓްރެކްޓާސް ކިޔާ އިޖިޕްޓްގެ ކުންފުނިން ގެންދަނީ ހުރިހާ ބެތީމެޓްރީތައް ކަނޑުއަޑީގެ ސާވޭތައް ނިންމާ ޑިޒައިން މަރުހަލާވެސް މިހާރު ތިން ބައިކުޅަ އެއްބައި ޑިޒައިން މަސައްކަތްވެސް ނިމިފަވަނީ، ކުރިއަށް އޮތް ދެމަހެއް ހާދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މިދެންނެވި މަރުހަލާ ނިމި އަޅުގަނޑު ހަމަ ކޮންމެ ފަހަރަކުވެސް މިވައުދުގައިވާ ވައުދު މިރޭވެސް ތަކުރާރު ކުރާނީ، މިއަހަރު 2024 ، މިއަހަރު ނިމުމުގެ ކުރީގައި އެބްރިޖު އަމަލީގޮތުން ފަށާނަން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އެހާ ވަރުގަދަ ޔަގީން ކަމަކާއިއެކު އެދުވަހު އެހެން ވިދާޅުވި ނަމަވެސް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑު ބްރިޖުގެ މަސައްކަތް މިދިޔަ އަހަރު އަމަލީގޮތުން ފަށާފައިވާ ކަމަކަށް ވިދާޅުވެފައެއް ނުވެއެވެ. އެދުވަހު ނޫސްވެރިންނާއި ބައްދަލުކުރަށްވާ ރައީސް ވިދާޅުވީ، އައްޑޫ ބްރިޖުގެ މަސައްކަތް މިހާރުވަނީ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައިކަމަށެވެ. ނަމަވެސް މީގެ ކުރިން ވިދާޅުވީ އިޖީޕްޓުގެ ކުންފުންޏަކުން ޑިޒައިން މަރުހަލާގެ ތިން ބައިކުޅަ އެއްބައި މަސައްކަތް ނިމިފަވާކަމަށެވެ.

ހަމައެއާއެކު އެ މަޝްރޫއުއާ ބެހޭގޮތުން ރައްޔިތުން މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓް ވެފައިވަނީ ވަރަށް ބޮޑު ހަރަދެއް ހިނގާ ޕްރޮޖެކްޓަކަށް ކަމަށާއި ޑިޒައިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 2024 ވަނަ އަހަރު އެ ބްރިޖުގެ އަމަލީ މަސައްކަތް ފެށިފައިވާކަމަކަށް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.

- ކޮމެންޓް