ކ. މާލެ
|
7 ޖޫން 2025 | ހޮނިހިރު 22:49
ސައުދީ ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ހޮނިހިރު ދުވަހު މިނާ ޕެލަސްގައި ރާއްޖޭގެ ރައީސް ޑރ. މުއިއްޒު އާ ބައްދަލު ކުރައްވަނީ
ސައުދީ ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ހޮނިހިރު ދުވަހު މިނާ ޕެލަސްގައި ރާއްޖޭގެ ރައީސް ޑރ. މުއިއްޒު އާ ބައްދަލު ކުރައްވަނީ
ސައުދީގެޒެޓް
ވަލީ އަހްދު ބިން ސަލްމާން
ސަޢޫދީ ވަލީޢަހުދު މޮރިޓޭނިއާގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސް އާ ބައްދަލު ކުރައްވައިފި: ސައުދީ މީޑިއާ
މި ދެބޭފުޅުންނާ ވަލީ އަހްދު ބައްދަލު ކުރައްވާ އީދުގެ ތަހުނިޔާ ބަދަލު ކުރައްވާ ދެ ގައުމު ދެމެދުގައިވާ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ސަޢޫދީ އަރަބިއްޔާގެ ވަލީޢަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން، ހޮނިހިރު ދުވަހު މިނާ ގަނޑުވަރުގައި މޮރިޓޭނިއާގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސް އާ ބައްދަލު ކުރައްވާ މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފި ކަމަށް ސައުދީ މީޑިއާ އިން ބުނެފިއެވެ.

ވަލީޢަހުދު މިނާ އަށް ވަޑައިގަތީ ޙައްޖު އަޅުކަމުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކަމަށް ސައުދީ ގެޒެޓް ގައި ބުނެފައިވެއެވެ.

ވަލީޢަހުދާއި މޮރިޓޭނިއާގެ ރައީސް މުޙައްމަދު އުލްދު ޝެއިޚް އަލް ޣަޒުއާނީގެ ބައްދަލުވުމުގައި ޢީދުގެ ހެޔޮއެދުންތައް ބަދަލުކުރެއްވި ކަމަށާއި އެ ދެ ބޭފުޅުން ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުގައި ދެ ޤައުމުގެ އެއްބާރުލުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވާހަކަދެއްކެވި ކަމަށް މި ޚަބަރުގައި ވެއެވެ.

އޭގެ އިތުރުން ވަލީޢަހުދާއި ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ބައްދަލުވުމުގައި ވެސް ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުންނާއި، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި އަދި އެ ދެ ބޭފުޅުން ވެސް އީދުގެ ތަހުނިޔާ ބަދަލުކުރެއްވި ކަމަށް ސައުދީ މީޑިއާ އިން ބުނެފައިވެއެވެ.

- ކޮމެންޓް