ކ. މާލެ
|
6 ޖޫން 2025 | ހުކުރު 17:26
ކީވް އަށް ރަޝިޔާގެ ޑްރޯން ހަމަލާއެއް ދިން ސަރަހައްދުގައި ރޯވެ އަނދަމުން ދާއިރު ޔޫކްރެއިންގެ ފަޔާ ފައިޓަރަކު މަސައްކަތް ކުރަނީ
ކީވް އަށް ރަޝިޔާގެ ޑްރޯން ހަމަލާއެއް ދިން ސަރަހައްދުގައި ރޯވެ އަނދަމުން ދާއިރު ޔޫކްރެއިންގެ ފަޔާ ފައިޓަރަކު މަސައްކަތް ކުރަނީ
ރޮއިޓަރސް
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ޔޫކްރެއިންގެ ވެރިރަށް ކީވް އަށް ވަރުގަދަ ހަމަލާތަކެއް ރަޝިޔާ އިން ދީފި
ޔޫކްރެއިންގެ އިންސާނީ ޙައްޤުތަކާ ބެހޭ އިސްވެރިޔާ ޑްމިޓްރޯ ލުބިނެޓްސް ވިދާޅުވެފައިވަނީ ރޭގަނޑު ދިން ހަމަލާ އަކީ އިންސާނީ ހައްގުތަކާ ޚިލާފު ހަމަލާ އެއް ކަމަށާއި ބައިނަލްއަޤްވާމީ ފެންވަރުގައި މި އަމަލަށް ވަރުގަދަ ޖަވާބެއް ދޭންޖެހޭ ކަމަށެވެ.

ރަޝިޔާ އިން މިސައިލް އާއި ޑްރޯން ބޭނުން ކޮށްގެން ޔޫކްރެއިންގެ ވެރިރަށް ކީވް އަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ހުކުރު ވިލޭރޭ ދިން މި ހަމަލާތަކުގައި ކީވްގައި މަދުވެގެން ތިން މީހުން މަރުވި ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުނެފައިވެއެވެ.

ރިޕޯޓަރުން ބުނެފައިވަނީ ހުކުރު ވިލޭރޭގެ ހަމަލާތަކުން ބިރުވެރިކަން އިހުސާސު ކުރެވުނު ކަމަށާއި ހަމަލާތައް ދިން ވަގުތު ޤައުމުގެ އެކި ކަންކޮޅުތަކުން ގަދަފަދަ ގޮވުންތަކުގެ އަޑުތައް އިވިފައިވާ ކަމަށެވެ.

މި ހަމަލާތައް ދީފައިވަނީ ރަޝިޔާގެ ރައީސް ޕުޓިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިކޮށް ޔޫކްރެއިން އަށް ދިން އިންޒާރަކަށް ފަހުގައެވެ. އެ އިންޒާރުގައި ބުނެފައިވަނީ ރަޝިޔާ ސަރަހައްދުގެ އެތެރެއަށް ވަދެ ޔުކްރެއިންގެ ޑްރޯންތަކުން ގިނަ އަދަދެއްގެ ސްޓްރެޓެޖިކް ބޮން އަޅާ މަތިންދާބޯޓުތަކެއް ގޮއްވާލުމާ ގުޅިގެން ކްރެމްލިން އިން ބަދަލު ހިފާނެ ކަމަށެވެ.

ކީވްގެ އަސްކަރީ އޮފިޝަލުން ބުނެފައިވަނީ ޔޫކްރެއިންގެ ވެރިރަށަށް ދިން ހަމަލާތަކުގައި ތިން މީހުން މަރުވެފައިވާ ކަމަށެވެ.

ކީވްގައި ގިނަ އަދަދެއްގެ ގޮވުންތައް ހިނގި ކަމަށާއި ވައިގެ ދިފާއީ ނިޒާމުތަކުން ހުރަސް އެޅުމުގެ ސަބަބުން ވެއްޓުނު ހަތިޔާރުގެ ބައިތަކުން ގިނަ ސަރަހައްދުތަކެއްގައި އަލިފާން ރޯވި ކަމަށް ކީވް ގެ އޮފިޝަލުން ބުނެފައިވެއެވެ.

ޔޫކްރެއިންގެ އިންސާނީ ޙައްޤުތަކާ ބެހޭ އިސްވެރިޔާ ޑްމިޓްރޯ ލުބިނެޓްސް ވިދާޅުވެފައިވަނީ ރޭގަނޑު ދިން ހަމަލާ އަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ ޖަވާބެއް ދޭންޖެހޭ ކަމަށެވެ. އަދި މި ހަމަލާ އަކީ އަސާސީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިނަށް ފުޅާ ދާއިރާއެއްގައި ހަމަލާދޭން ފެށީއްސުރެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ބުނާ ވާހަކަތައް މޮސްކޯ އިން ދަނީ ދޮގު ކުރަމުންނެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ހުކުރު ދުވަހު ބުނެފައިވަނީ އެ ޤައުމުގެ ބާރުތަކުން ރޭގަނޑު ޔޫކްރެއިންގެ އަސްކަރީ އަދި އަސްކަރިއްޔާއާ ގުޅުންހުރި ލަނޑުދަނޑިތަކަށް ބޮޑު ހަމަލާއެއް ދީފައިވާ ކަމަށެވެ. މިއީ ރަޝިޔާ އަށް އަމާޒުކޮށް ޔުކްރެއިނުން ހިންގި "ޓެރަރިސްޓް ޢަމަލުތަކަށް" ޖަވާބުދާރީވުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ވަގުތުން ސުލްޙަ ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޔޫކްރެއިނާއި ރަޝިޔާ "ކުޑަ ދުވަސްކޮޅަކަށް ހަނގުރާމަ ކުރަން" ދޫކޮށްލުން މާ ރަނގަޅުވެދާނެ ކަމަށެވެ.

މިއީ ކުރިން ޓްރަމްޕް ހަނގުރާމަ އަވަހަށް ނިންމުމަށް ގޮވާލައްވާފައިވާ ގޮވާލުންތަކާ ވަރަށް ބޮޑަށް ތަފާތު ވާހަކަފުޅެއްކަން ނޫސްވެރިން ފާހަގަ ކުރެއެވެ.

- ކޮމެންޓް