ކ. މާލެ
|
6 ޖޫން 2025 | ހުކުރު 17:39
މުޙައްމަދު މޫސާ (އުއްޗު)
މުޙައްމަދު މޫސާ (އުއްޗު)
ރާއްޖެއެމްވީ
އުއްޗު ކަމަދޫއަށް ވަޑައިގަތުން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
މިދިޔަ އަހަރު ޢީދު ނިންމާލީ ކަމަދޫ މުޅި ރާއްޖެ އަށް މަގްބޫލުކޮށްލުމަށް ފަހު

ކަމަދޫގައި ކުރިއަށްދާ ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ކަމަދޫއަށް ވަޑައިގެންފިއެވެ.

މައްޝޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) އީދު ފުރަތަމަ ދުވަހުގެ ކުޅިވަރުތަށް ބައްލަވާލަން ކަމަދޫއަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

ނިމިދިޔަ އަޟްހާ އީދުގައި އެންމެ ވިދާލި ރަށަކީ ކަމަދޫއެވެ. ކަމަދޫގެ ޢީދުން ފާހަގަކޮށްލެވުނު ކަންކަމަށް ބަލާއިރު ޢީދު ކުޅިވަރު ފެށުމަށް ބޭއްވި ސްޓޭޖް ޝޯ އިން ރަށުގެ އިސް ރަށްވެހިންނާއި ރަށަށް ޚިދުމަތް ކުރާ މީހުންނާއި މެދު ބަހައްޓާ ގާތްކަން ހާމަވެގެން ދިޔައެވެ.

ހަފްތާއެއްހާ ދުވަހުގެ ހަރަކާތްތަކަށް ފަހު މިދިޔަ އަހަރު ޢީދު ނިންމާލީ ކަމަދޫ މުޅި ރާއްޖެ އަށް މަގްބޫލުކޮށްލުމަށް ފަހުގައެވެ. ސަޤާފީ އަދި ހިތްގައިމު އީދެއް ފެނުނު ރަށެއްގެ ގޮތުގަ އެވެ. އެހެންކަމުން ރާއްޖޭގެ އެކި ހިސާބުތަކުން އީދު ކުޅިވަރުތަށް ބަލައިލުމަށް އެރަށަށް ވަނީ ގޮސްފައެވެ.

- ކޮމެންޓް