ކ. މާލެ
|
7 ޖޫން 2025 | ހޮނިހިރު 00:30
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ފަލަސުރުޚީ
މުއިއްޒު މަސައްކަތް ކުރައްވަނީ ހުރިހާ ވިޔަފާރިތަކެއް ސަރުކާރުގެ އަތްދަށުލައި، އޭގެން މަންފާ ހޯދައިގެން އިންތިޚާބުތަކަށް ތައްޔާރުވުމަށް: ވަހީދު
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރާއްޖޭގައި ހުރި ހުރިހާ ވިޔަފާރިއެއް ސަރުކާރުގެ އަތްދަށުގައި ލައިގެން އޭގެން މަންފާ ނަގަން
މިހާރު ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ހުރިހާ ވިޔަފާރިއެއް ވެސް ހަލާކުވެ ނިމިއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި ހުރި ހުރިހާ ވިޔަފާރިއެއް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސް، އޭގެން މަންފާ ހޯދައިގެން އިންތިޚާބުތަކަށް ތައްޔާރުވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަބްދުﷲ ވަހީދު ވިދާޅުވީ ވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަސްތެރޭގައި ރައީސް މުއިއްޒު ކުރެއްވި މަސައްކަތަކީ ހުދުމުހުތާރު ވެރިއަކަށް ބަދަލުވުމުގެ މަސައްކަތް ކަމަށެވެ. ހުރިހާ ބާރެއް ނެންގެވުމުގެ ގޮތުން މިހާރު ރާއްޖޭގައި ހުރި ހުރިހާ ވިޔަފާރިތަކަކަށް ވެސް އަތްބާނަން ފަށާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި ހުރި ހުރިހާ ވިޔަފާރިއެއް ސަރުކާރުގެ އަތްދަށުގައިލައި އެ ވިޔަފާރިތަކުން ލިބޭ މަންފާއިން އިންތިޚާބުތަކަށް ތައްޔާރުވުމަކީ މިއަދު ރައީސް މުއިއްޒުގެ އަމާޒުކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ވިޔަފާރިތަކުން ބޮޑެތި ވައްކަންތައް ކޮށްގެން ބޭނުންވާ މަގުސަދު ހާސިލް ކުރައްވަން މަސައްކަތް ކުރައްވާ މަންޒަރު ފެންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިހާރުވެސް ގައު އެޅުމަށް ވަކިން ކުންފުންޏެއް ހައްދަވާފައިވާ ކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވި މިހާރު އައިނުގެ ވިޔަފާރީގެ ތެރެއަށް ވެސް މި ސަރުކާރުން ވަންނަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ދާދި ފަހުން ބައިސްކަލްގެ ކަންތައް ތަކުގައި ވެސް ޓްވީޓެއްވެސް ކުރައްވާފައިވާ ކަމަށާއި ދުވަސްކޮޅަކުން ފެނިގެން ދާނީ އެކަމަށް ވެސް ވަކިން ކުންފުންޏެއް ހައްދަވަން ރައީސް މަސައްކަތް ކުރައްވާތަން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިހެން ގޮސް ރާއްޖޭގައި ބަޔަކު ކުރަންޏާ ކުރާހާ ވިޔަފާރިއެއްގެ ތެރެއަށް ރައީސް މުއިއްޒު ދަނީ އަތްބާނައިގެން އެކަމުން މަންފާނަގައިގެން ބޭނުންވާ ކަންކަން ކުރުމަށް މަސައްކަތް ކުރައްވަމުން ކަމަށާއި ބޭހަށް ވެސް ހަމަ އެފަދައިން ކަންތައް ކުރައްވަން މަސައްކަތް ކުރައްވަފާތަން މިހާރު ފެންނަމުން ދާކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިހާރު ފެނިގެން ދަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ހުރިހާ ވިޔަފާރިއެއް ވެސް ހަލާކުވެގެން ދާ މަންޒަރު ކަމަށާއި އެގޮތުން މިއަދު އޭގެން އެއްވެސް ވިޔަފާރިއެއް ކުރިއަރަމުން އަންނަ ތަން ނުފެންނަކަމަށެވެ.

އަދި އެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ސަރުކާރު ކުންފުނިތަކުން ނުދެވި އޮތްއިރުގައި ވެސް ފެނިގެން ދަނީ ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓް ތައް އެ ކުންފުނިތަކާއި ހަވާލުކުރަމުން ދާތަން ކަމަށް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ނުދީ އިތުރު ޕްރޮޖެންޓެއް ސަރުކާރު ކުންފުނިތަކަށް ދޭން ވިސްނުން ވެސް އެއީ ބޮޑު ގޯހެއް ކަމަށެވެ. އެކަން އެގޮތަށް ކުރެވިގެން ނުވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމަކީ، މިފަދަ ހުރިހާކަމެއް ދައުލަތުން ކުރަމުން ގެންދާއިރުގައި ރައީސް ޔާމީންގެ ދައުރުގައި ވެސް މިނިސްޓަރަކަށް ހުންނެވި ބޭފުޅާ މިއަދު އެކަމުގައި ވެސް އެ ހުންނެވީ. އެ ހުންނެވި އިރުގައި އިގްތިސާދީ ގޮތުން ބައެއް ބަދަލުތައް ގެންވައިގެން ފިޔަފާރިއަށް ފަހި ރޭންކިން އަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވެސް ގެންނެވި. މިއަދު މި ހުރިހާ ކުދި ވިޔަފާރިތަކަށް ގޮންޖައްސަވަމުން ގެންދާއިރުގައި އެމަނިކުފާނު އެ މަގާމުގައި ހުންނަވައިގެން ނުވާނެ. އިސްތިެުފާ ދެއްވަން ޖެހޭނެ އިންގޭތޯ..

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

ވަހީދު ވިދާޅުވީ މަގާމުގެ ދަހިވެތިކަމުގައި ހުރިހާ ކުދި ވިޔާފިރަތަކެއްގެ ތެރެއަށް ރައީސް މުއިއްޒު އަތްބާނައިގެން އޭގެން ބޮޑެތި ވައްކަންތައް ކުރައްވަމުން ގެންދަވާއިރުގައި ވެސް އިގްތިސާދީ ވަޒީރު ހުންނަވަނީ މަގާމުގެ ދަހިވެތިކަމުގައި ހަނު ކަމަށެވެ.

އިގްތިޞާދީ ވަޒީރެއްގެ ގޮތުގައި ހުންނަވާއިރު މި ސަރުކާރުން ހިންގާ މިފަދަ ނުބައި ބޮޑެތި ޖަރީމާތަކަށް ހަމަ އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމުގައިވެސް ވަހީދު ވިދާޅުވިއެވެ.

- ކޮމެންޓް