ކ. މާލެ
|
5 ޖޫން 2025 | ބުރާސްފަތި 16:57
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ރާއްޖެޓީވީ އާއި ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޝަނަށް އެސްޖީއެއް ހޯދުމަށް ވަނީ އިއުލާނުކޮށްފަ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ރާއްޖެޓީވީ އާއި ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޝަނަށް އެސްޖީއެއް ހޯދުމަށް ވަނީ އިއުލާނުކޮށްފަ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކޮމް އަށް އެސްޖީއެއް ހޯދުން
ބްރޯޑްކޮމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ބްރޯޑްކޮމްގެ ސެކެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ބުރާސްފަތި ދުވަހު
މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް
އެސްޖީ އަކަށް ލިބޭނީ 20,500 ރުފިޔާގެ މުސާރައާއި 15,000 ރުފިޔާގެ ލިވިން އެލަވަންސާއި އެހެނިހެން އެލަވަންސްތަކެއް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކެރެޓަރީ ޖެރެނަލްގެ މާގަމަށް ކުރިލަތިލާން މިއަދު ހުޅުވާލައިފިއެވެ.

ބްރޯޑްކޮމްގެ އެސްޖީ ކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ނިންމުތައް ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، އެމަގާމުގައި ހުންނެވި މަރްޔަމް ޒީނިޔާ މަގާމުން ވަކިކުރުމުންނެވެ.

ބްރޯޑްކޮމްއިން ކުރި އިއުލާނެއްގައި ވަނީ، އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 23ވާ ހޯމަ ދުވަހުގެ 13:00އަށް ކަމަށެވެ.

އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ކުރި އިއުލާނާއެކު ވަނީ އެ މަގާމަށް ކުރިމަތިލާ މީހެއްގެ ގައިގައި ހުންނާންޖެހޭ ޝަރުތުތަކާއި އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދި މަގާމަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތީގެ ތަފުސީލު އާންމުކޮށްފަ އެވެ.

އެގޮތުން، އެމަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް އެ އިއުލާނުގައި ވެއެވެ. އެ މަގާމަށް އައްޔަންކުރާއިރު މަސައްކަތާ ގުޅޭ ދާއިރާއަކުން ހޯދާފައިވާ ތައުލީމާ ތަޖުރިބާއަށް ބަލާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެސްޖީގެ މަގާމަށް ހޮވޭ މީހަކަށް މުސާރައާއި ލިވިން އެލަވަންސާއި ފޯނު އެލަވަންސްގެ އިތުރުން މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައަޅާފައިވާ އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ. އެގޮތުން މުސާރައަށް 20،500 ރުފިޔާ، ލިވިން އެލަވަންސް 15،000 ރުފިޔާ އަދި ފޯނު އެލަވަންސަށް 700 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން ވެސް މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވެންސްތައް ބްރޯޑްކޮމްގެ އެސްޖީއަށް ލިބޭނެއެވެ.

އިއުލާނުގައި ވަނީ، ކޮންމެ އަހަރަކު އެސްޖީގެ މަސްއޫލިއްޔަތުގެ ފެންވަރު ބެލާނެ ކަމަށެވެ.

އެމަގާމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައަކަށް މަތީ ސަނަދެއް ހާސިލްކޮށްފައިވުން
  • ހިންގުމުގެ ދާއިރާއިން މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުން ނުވަތަ މާސްޓާސް ޑިގްރީ ހާސިލްކޮށް، ހިންގުމުގެ ދާއިރާގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރުން
  • ލެވެލް ހަތެއް ނުވަތަ އަށެއް ހާސިލުކޮށް، ހިންގުމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ އަހަރު ތަޖުރިބާ ހުރުން
  • ހިންގުމުގެ ދާއިރާގައި ސީނިއާ މެނޭޖްމެންޓާއި އެގްޒެކެޓިވް ލެވެލްގައި މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިހުރުން
  • ޕްރޮފެޝަނަލް، އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު މުއާމަލާތު ކުރަން އެނގުން
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރެވޭ މީހަކަށް ވުން
  • ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި އެމީހެއްގެ އަމިއްލަ މަސްލަހަތެއް ނުހިމެނޭ މީހަކު ކަމަށްވުން
  • މަގާމަށް ގާބިލް މީހެއްކަމާއި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވައިދުތަކާއި ވަޒީފާއާ ބެހޭ ގާނޫނާއި ގަވައިދުތައް އެނގޭމީހެއްކަން ކޮމިޝަންގެ މެންބަރުންގެ އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހުގެ 18ވަނަ ދުވަހު ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.

އެ ޕެޓިޝަންގައި ވަނީ، ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، އަދި އިދާރީ އޮނިގަނޑަށް އިޙުތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.

- ކޮމެންޓް