ކ. މާލެ
|
31 މެއި 2025 | ހޮނިހިރު 19:38
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ބޯހިޔާވަހިކަން
މާލޭގައި އުޅޭ 18 އަހަރުން މަތީ ކޮންމެ މީހަކަށް ގެދޮރު ދޭން މި އަހަރު ހުޅުވާލަނީ
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޯހިޔާވަހިކަމެއް ނެތް އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ގޯތި ނުވަތަ ފްލެޓެއް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި އަހަރު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވައުދު ފުއްދުމަށް ޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި އެ މަޝްރޫއު އިއުލާންކޮށް، އެ ކަމަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ. އެހެން ނަމަވެސް ހުޅުވާލާނެ ވަކި ތާރީހެއް ރައީސް ވިދާޅެއް ނުވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ސްކީމްގެ ތެރެއިން ކުރިމަތިލުމުގެ ފުރުސަތު މާލޭ މީހުންނާއި، މާލޭގެ ރަށްވެހިން އަދި އެހެން ރަށްރަށަށް ނިސްބަތްވި ނަމަވެސް މާލޭގައި ދިރިއުޅޭ ކޮންމެ 18 އަހަރުން މަތީގެ މީހަކަށް އޮންނާނެ ކަމަށާއި ހަމައެކަނި ޝަރުތަކީ 'ފަސްޓް ޝެލްޓާ" ނުވަތަ ފުރަތަމަ ބޯހިޔާވަހިކަން ނެތް ފަރާތަކަށް ވުން ކަމަށެވެ.

އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީ ކޮންމެ މީހަކަށް މާލެ ސަރަހައްދުން ފަސްޓް ހޯމްގެ ގޮތުގައި ގެދޮރު ދޭން ހުޅުވާލާނަން. ހުޅުވާލައި، އެ ފަރާތްތައް ކުރިމަތިލައި، އެ ފަރާތްތަކަށް ރަސްމީގޮތުން ކަށަވަރު ކަމުގެ ލިޔުން ދޭނަން، މި އަހަރު ނިމުމުގެ ކުރިން

ރައީސް ޑރ. މުޙައްމަދު މުއިއްޒު

އެ ފަރާތްތަކަށް ގޯތި ނުވަތަ ފްލެޓް ދޫކުރާނީ މާލެ ސަރަހައްދަށް މިހާރު އިތުރުކުރާ ބިންތައް ވެސް ހިމެނޭ ގޮތަށް އެ ތަންތަނުން ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އެއީ މާލެ، ހުޅުމާލޭގެ އިތުރަށް ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު، އަދި ރަސްމާލެ ވެސް ހިމެނޭ ގޮތަށެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވިއިރު، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޯހިޔާވަހިކަމެއް ނެތް އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ގޯތި ނުވަތަ ފްލެޓެއް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

- ކޮމެންޓް