ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
އެކަން ހާމަކޮށް ކަސްޓަމްސް އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އެ އިދާރާއިން ބުނިގޮތުގައި އެ ތަކެތި އަތުލައިގަނެފައި ވަނީ އޭޕްރީލް 27، 2025 ވަނަ ދުވަހުއެވެ.
އެތަކެތި ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ތަކެތީގެ ބަރުދަނުގައި ފެކިންއާއެކު 1،020 ގްރާމް ހުރި ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގުގައި 2.5 މިލިއަން ދިވެހި ރުފިޔާ ހުންނާނެ ކަމަށް އެ އިދާރާ އިން ބުނެފައިވެއެވެ.
އެތަކެތި ރާއްޖެ އެތެރެކުރުމަށް މަސައްކަތް ކުރީ ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް މެދުވެރިކޮށެވެ. އެ ޕެކޭޖްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.