ކ. މާލެ
|
18 މެއި 2025 | އާދީއްތަ 11:16
އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
އެމެރިކާ-އީރާން
ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދިނުމަކީ ބޭކާރު ކަމެއް: ޚާމަނާއީ
ޚާމަނާއީ ވިދާޅުވީ ސުލްހަވެރިކަން ބޭނުންވާ ކަމަށް ބުނެ ޓްރަމްޕް ދައްކަވާފައިވާ ވާހަކަ އަކީ ދޮގެއް ކަމަށް. އެކަމުގެ ހެއްކަކީ ގަލްފުގެ ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ޓްރަމްޕް ދައްކަވާފައިވާ ވާހަކަތައް ކަމަށް ވެސް ޚާމަނާއީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދިނުމަކީ ބޭކާރު ކަމެއް ކަމަށް އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ޚާމަނާއީ ވިދާޅުވީ ދާދި ފަހުން ގަލްފުގެ ތިން ޤައުމަކަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި އީރާނާ ގުޅޭ ގޮތުން ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކަށް ޖަވާބު ދިނުމަކީ، ނުވަތަ ރައްދު ދިނުމަކީ ބޭކާރު ކަމެއް ކަމަށެވެ. 

މީގެ އިތުރުން ޚާމަނާއީ ވިދާޅުވީ ސުލްހަވެރިކަން ބޭނުންވާ ކަމަށް ބުނެ ޓްރަމްޕް ދައްކަވާފައިވާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އެކަމުގެ ހެއްކަކީ ގަލްފުގެ ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ޓްރަމްޕް ދައްކަވާފައިވާ ވާހަކަތައް ކަމަށް ވެސް ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާާޅުވީ، އެމެރިކާގެ ފަރާތުން އީރާނަށް ހުށަހެޅުމެއް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ ހުށަހެޅުމަށް އަވަސް ޖަވާބެއް ބޭނުންވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. އެހެން ނަމަވެސް، އީރާނުން ވަނީ އެފަދަ އެއްވެސް އިންޒާރަކަށް ފަސް ނުޖެހޭނެ ކަމަށާއި، އެފަދަ އެއްވެސް ކަމަކަށް ބޯނުލަނބާނެ ކަމަށެވެ. 

އެކަމާ ގުޅިގެން އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، އެއް ވަގުތެއްގައި ޓްރަމްޕް ސުލްހައިގެ ވާހަކަތައް ދައްކަވާނެ ކަމަށެވެ. އަދި ހަމަ ޖެހިގެން ދެން އަންނަ ވަގުތުގައި ހަނގުރާމައިގެ ވާހަކަތައް ދައްކަވައި، އިންޒާރު ވެސް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ އެމެރިކާ އާއެކު ކުރިއަށް ގެންދާ ނިއުކްލިއާ މަޝްވަރާތަކުގައި އީރާނުން ދެމި އޮންނާނެ ކަމަށާއި، މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ. އެހެން ނަމަވެސް، އީރާނަށް ދެމުން އަންނަ އެއްވެސް އިންޒާރަކަ މެދު ޖެހިލުން ވުމެއް ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ރާނާއި އެމެރިކާއާ ދެމެދު މިހާރު އަންނަނީ ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަމުންެނެވެ. އެ މަޝްވަރާތަކުގެ ހަތަރު ވަަނަ ބައްދަލުވުން ވަނީ މިދިޔަ އާދިއްތަ ދުވަހު އޮމާންގައި ކުރިއަށް ގެންގޮސްފަ އެވެ. މަޝްވަރާތަކުގައި އީރާންގެ ފަރާތުން އަރާގްޗީ ބައިވެރިވެ ވަޑައިގެންފައިވާއިރު، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އެވެ.

ހަތަރު ވަނަ ބުރުގެ މަޝްވަރާ ބައްދަލުވުން ނިމުނީ، ދެ ޤައުމުގެ ދެ މެދުގައި އިތުރު މަޝްވަރާ ބައްދަލުވުމެއް ބާއްވަން އެއްބަސްވުމަށް ފަހު އެވެ. ނަމަވެސް، އެ މަޝްވަރާ ބައްދަލުވުން އޮންނާނެ ތާރީޚެއް ކަނޑައަޅާފައި ނުވެ އެވެ.

އޮމާން އިން މެދުވެރިއެއްގެ ދައުރު އަދާ ކުރާ މި މަޝްވަރާތަކުގެ ބައްދަލުވުމެއް ދެން އޮންނާނެ ތާރީޚެއް ހާމަ ކުރާނެ ކަމަށް އޮމާން ސަރުކާރުން ވަނީ ބުނެފަ އެވެ.

- ކޮމެންޓް