ކ. މާލެ
|
17 މެއި 2025 | ހޮނިހިރު 13:04
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
މިހާރު
ސިނގިރޭޓްތަކެއް ވަގަށް ނެގި ކަމަށް ބުނާ މައްސަލަ
ސިނގިރޭޓްތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ބިދޭސީން މިނިވަން، މިފަދަ ރިޕޯޓެއް ފުލުހުންނަށް ހުށަހަޅާފައިނުވޭ
އެމީހުން ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތާކައެކު، ޕާސްޕޯޓު ހިފެހެއްޓުމަށްފަހު
މި ތިން މީހުންނަކީ ވެސް އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ސައްހަ ވިސާއެއްގައި އުޅޭ މީހުން
އެމީހުން ބަންދުގައި 10 ދުވަހު ތިބި

ވަގަށް ނަގާފައިވާ ސިނގިރޭޓްތަކެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ތިން ފިރިހެނުން ހައްޔަރު ކުރުމަށްފަހު، މިފަދަ ރިޕޯޓެއް ފުލުހުންނަށް ހުށަހަޅާފައިނުވާތީ އެ ތިން މީހުން ބަންދުން ދޫކޮށްލައިފިއެވެ.

ވަގަށް ނަގާފައިވާ ސިނގިރޭޓްތަކެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 43 އަހަރުގެ އެމް.ޑީ މަންނާން މޮންޑޮލް، 42 އަހަރުގެ މުހައްމަދު ސުލައިމަން އަދި 39 އަހަރުގެ ރެޒައުލް ހައްގު އެވެ.

މި ތިން މީހުންނަކީ ވެސް އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ސައްހަ ވިސާއެއްގައި އުޅޭ މީހުން ކަމަށް ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރުގައި ބުނެފައިވެއެވެ.

ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބުގައި ބުނެފައިވަނީ ތިން މީހުން ވެސް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ޒަރޫރަތެއް އޮތް ކަމަށް ނުފެންނާތީ ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.

އެމީހުން ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތާކައެކު، ޕާސްޕޯޓު ހިފެހެއްޓުމަށްފަހު އެވެ.

މީގެ އިތުރުން މި މީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ވަގަށް ނަގާފައިވާ ސިނގިރޭޓްތަކެއް ގެންގުޅުނު ކަމަށާއި، ނަމަވެސް އެމީހުން ބަންދުގައި ތިބޭތާ 10 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިފަދަ ސިނގިރޭޓްތަކެއް ގެއްލިގެން އެއްވެސް ފަރާތަކަށް އަދި ފުލުހަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ.

މި ސަރުކާރުން ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ރާއްޖެއަށް ސިއްރުން ދުންފަތުގެ ބާވަތްތައް އިތުރުކުރާ މިންވަރާއި، ސިނގިރޭޓްގެ އެކިއެކި ބާވަތްތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

- ކޮމެންޓް