ކ. މާލެ
|
15 މެއި 2025 | ބުރާސްފަތި 17:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ކައުންސިލް އިންތިހާބު
ކައުންސިލް ގޮނޑި ހުސްވާ އިރު ދޮޅު އަހަރު އޮތް ނަމަ ބައި އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ޤާނޫނު އިސްލާހުކޮށްފި
ކުރިން ޤާނޫނު އޮތް ގޮތުން ނަމަ ގާނޫނުގައި ކައުންސިލަރެއްގެ މަޤާމް ހުސްވާ އިރު، ކައުންސިލް އުމުރުގެ ބާކީ 365 ދުވަހަށްވުރެ ކުރު ނޫން ނަމަ ބައި-އިލެކްޝަން ބާއްވަން ޖެހޭ

ކައުންސިލް ގޮނޑި ހުސްވާ އިރު ކައުންސިލް އިންތިޚާބާއި ދެމެދު ދޮޅު އަހަރު އޮތް ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށްފި އެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ މޫސާއެވެ. އޭނާ ހުށަހަޅުއްވާފައި ވަނީ 15، 29، 45 ގެ އިތުރުން 56-6 ވަނަ ނަންބަރަށް ބަދަލު ގެނައުމަށެވެ.

މި ބިލު އޮތް ގޮތަށް ބަލާއިރު، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަސް އޮންނަ ހާލަތުގައި ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. އަދި އެކަމާއި މެދު އިދިކޮޅު މެމްބަރުން ވަނީ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ބިލުގެ ބަހުސް މަރުހަލާގައި އިންތިހާބުތައް ނުބާއްވަން ސަރުކާރުން ކުރާ މަސައްކަތަކީ ހަމައެކަނި ޚަރަދު ކުޑަކުރުމުގެ ވިސްނުމުގައި ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ފާހަގަކޮށްފައެވެ. އަދި ކައުންސިލް ގޮނޑި ހުސްކޮށް އޮތުމަކިީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް މެމްބަރުން ފާހަގަކުރިއެވެ.

ކުރިން ޤާނޫނު އޮތް ގޮތުން ނަމަ ގާނޫނުގައި ކައުންސިލަރެއްގެ މަޤާމް ހުސްވާ އިރު، ކައުންސިލް އުމުރުގެ ބާކީ 365 ދުވަހަށްވުރެ ކުރު ނޫން ނަމަ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.

- ކޮމެންޓް