ކ. މާލެ
|
11 މެއި 2025 | އާދީއްތަ 19:06
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުން
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުން
ރާއްޖެއެމްވީ
ހުޅަނގު މޫސުން
ހުޅަނގު މޫސުމުގެ ބާރުގަދަވާނެ، ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް!
ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަަދަވާނެ ކަމަށް ބެލެވޭ.

ހުޅަނގު މޫސުމުގެ ބާރުގަދާވެ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބޫނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަަދަވާނެ ކަމަށް ބެލެވޭތީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި ވައިގަދަވެ ކަނޑުތަށްވެސް ގަދަވާނެ ކަމަށް މެޓް އިން ލަފާކުރެއެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މޭ މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފެންނަން ފަށައެވެ. އޭގެ ފަހުން، މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެއެވެ.

އެހެންކަމުން މޫސުމާއިބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުވުމަށް މެޓް އިން ވިދާޅުވެއެވެ. އަދި ބުދަ ދުވަހާއި ހަމައަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އިން ލަފާކުރެއެވެ.

- ކޮމެންޓް