ކ. މާލެ
|
4 މެއި 2025 | އާދީއްތަ 21:03
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީ
ސުޕްރީމް ކޯޓު ޕެރެލައިޒް ކުރުން
ޖޭއެސްސީއިން ޖުމްހޫރިއްޔާއާއި ޑިމޮކްރަސީ ރައީސްގެ ހުދުމުހުތާރުގެ އެދުންތަކަށް ދޫކޮށްލައިފި - ފައްޔާޒް
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމަކީ ދިވެހިރާއްޖޭގެ ޒުވާން ޑިމޮކްރަސީއަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ފަހުގެ އަމާޒަކީ، މަޖްލިސް އެމަނިކުފާނުގެ ބޭނުންފުޅުވާގޮތަށް ބަދަލުކުރައްވާ ރައްޔިތުންގެ އަޑު ކަނޑުވާލުން
މަގާމުތަކަށް އައްޔަން ކުރެވޭ ފަރާތްތައް ވަކިކުރެވޭނީ ސީދާ ރައްޔިތުންނަށް ހަދަންޖެހޭ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިވެހި ޖުމްހޫރިއްޔާއާއި ޑިމޮކްރަސީ ރައީސްގެ ހުދުމުހުތާރުގެ އެދުންތަކަށް ދޫކޮށްލާފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޒާޔް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތާއި ޑިމޮކްރަސީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހުދުމުހުތާރު އެދުންތަކަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރުމަކީ ރާއްޖޭގެ ޒުވާން ޑިމޮކްރަސީއަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށާއި، ރައީސް މުއިއްޒުގެ އެންމެ ފަހުގެ އަމާޒަކީ، މަޖްލިސް އެމަނިކުފާނުގެ ބޭނުންފުޅުވާގޮތަށް ބަދަލުކުރައްވާ ރައްޔިތުންގެ އަޑު ކަނޑުވާލުން ކަމަށެވެ. އަދި މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުދުމުހުތާރު ވެރިކަމުގައި ކުޅުއްވި ޑްރާމާ ތަކުރާރުވާތަން ފެންނަމުންދާ މަންޒަރުކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އަސާސެއް ނެތް ސިޔާސީ މަގުސަދެއް ހާސިލްކުރުމުގެގޮތުން ފަނޑިޔާރުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބޭނުންކޮށްގެން ދޮގު ތަހުގީގެއް ހިންގިއިރު، ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ހަނިކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިއަދާ ހަމައަށް ވެސް ދެ ފަނޑިޔާރުން މަގާމުން ވަކިކުރާ އެކަށީގެންވާ ހުއްޖަތެއް ދެއްކިފައިނުވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިއީ ގާނޫނު އަސާސީއިން މިނިވަން ޝަރުއީ ދާއިރާއަކާއި، މިނިވަން މުއައްސަސާތަކެއް ގާއިމްކޮށް، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ނުފޫޒު ނުފޯރާނެ ގޮތަކަށް ރައްޔިތުންނަށް އެކަނި ޖަވާބުދާރީ ކުރުވަން ކަނޑައަޅަންޖެހޭ މުހިންމު ވަގުތު ކަމަށެވެ.

އަދި މަގާމުތަކަށް އައްޔަން ކުރެވޭ ފަރާތްތައް ވަކިކުރެވޭނީ ސީދާ ރައްޔިތުންނަށް ހަދާ ރައްޔިތުން ތަމްސީލުކުރާ މަޖިލިސް މެންބަރުންނަށް އެކަން ނުކުރެވޭ ގޮތަށް ހަދަންޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާލް އަލީ ޒާހިރު ވަކިކުރަން ޖުޑިޝަލް ސަރިވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީން ނިންމި ރިޕޯޓް އެ ކޮމިޝަނުން ފާސްކުރުމާއި ގުޅިގެންނެވެ.

އަޒްމިރާލްދާ ޒާހިރުއާއި އަލީ މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގު ޓީމުން ނިންމާފައިވަނީ 17 އެޕްރީލް ވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. ކޮމިޓީން މިގޮތަށް ނިންމީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދު އަމުރަކަށް އަޒްމިރަލްދާއާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ކޮމިޓީން އެކުލަވާލި ތަހުގީގުގެ ފަހު ރިޕޯޓްގައި ކަމަށް މައުލޫމާތުލިބިފައިވެ އެވެ.

މިރިޕޯޓަށް ޖަވާބުދާރިވުމަށް ފަނޑިޔާރުންނަށް ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމާފައެވެ. އަދި މައްސަލަ ބަލަމުން ދިޔައިރުވެސް އަޒްމިރަލްދާގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ދިފާއީ ހެއްކެއް ބަލައިގަނެފައިނުވެއެވެ. އަދި މައްސަލަ ނިންމުމުގައި ވެސް އަޒްމިރަލްދާގެ ފަރާތުން ހުށަހަޅާފައިވަ ހެއްކަކަށް ރިއާޔަތްކޮށްފައި ނުވެއެވެ.

- ކޮމެންޓް