Advertisement
ކ. މާލެ
|
21 ނޮވެންބަރ 2025 | ހުކުރު 20:15
ރައީސް ޑރ މުހައްމަދު މުޢިއްޒު އަމިއްލަފުޅަށް އަތް ޖައްސަވަނީ
ރައީސް ޑރ މުހައްމަދު މުޢިއްޒު އަމިއްލަފުޅަށް އަތް ޖައްސަވަނީ
ރާއްޖެއެމްވީ
ފިލްމީ ދާއިރާ
ރައީސް ގެ މެސެޖް: "ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ ގެ ބޭފުޅުން ގެ އަރިހުން އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް"
މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމުން ދުރުވާންޖެހޭ ކަމަށް ރައީސް ވިދާޅުވި

އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް، ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ. އެގޮތުން މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމުން ދުރުވާންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ސީދާ ކޮން ކަމަކަށް އިޝާރާތް ކުރައްވާކަން ސާފު ނުވިޔަސް، ބުރާސްފަތި ދުވަހު ގެ ރޭ، ޕްރިމިއަރ ކުރި ދިވެހި ފިލްމު ލިލީ ގެ ޕްރިމިއަރ ނައިޓް ގައި، ފިރިހެނަކު އަންހެން ހެދުމުގައި އެތަނަށް ދިޔުމުން، ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވެ އެވެ. އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާ ގައި ވަރަށް ބޮޑަށް ފާޑު ކިޔަމުންނެ އެވެ.

ރައީސް ވަނީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ދިވެހިން ވުމަކީ މި ޤައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށްވެސް ވިދާޅުވެފަ އެވެ.

- ކޮމެންޓް