އާއިލާ ބަޔަކު ކުރީ ގެ ރައީސް އަބްދުﷲ ޔާމީނާ ބައްދުލުކުރި ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު ސުޖާއު ސަސްޕެންޑުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކުރީ ނިމިދިޔަ ހަފްތާ ގެ ބުދަ ދުވަހު އެވެ.
ކުރީ ގެ ރައީސް ޔާމީން އާއި ބައްދަލުކޮށްފައި ވަނީ ސުޖާއު ގެ ބޭބެ އާއި އާއިލާ ގެ އިތުރު މީހެކެވެ.
ސުޖާއު ސަސްޕެންޑް ކުރިކަން އޭނާ އަށް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރި ސަބަބު ނޭނގޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފަ އެވެ.
ސުޖާއު ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށެވެ. ޔާމީނާއި ބައްދަލުކޮށްގެން އިތުރު ބައެއް މީހުން ވެސް ސަސްޕެންޑު ކޮށްފައިވެ އެވެ.