ކ. މާލެ
|
3 މެއި 2025 | ހޮނިހިރު 10:45
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ޑި ބްރޭނާ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ޑި ބްރޭނާ އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ޕްރިމިއަރ ލީގު
ވުލްްވްސް ބަލިކޮށް، ސިޓީ ތިން ވަނަ އަށް
ލީގުގައި މިހާތަނަށް ކުޅެފައިވާ 35 މެޗުން ސިޓީ އަށް ލިބެނީ 64 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީން ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ހުކުރު ދުވަހުގެ ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ސިޓީން ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ސިޓީ އަށް ލަނޑު ޖަހައިދިނީ ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ އެވެ. އެ ލަނޑު އޭނާ ޖެހީ ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ވެސް ސިޓީން ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މޮޅާއެކު ސިޓީން ވަނީ ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ 35 މެޗުން ސިޓީ އަށް ލިބެނީ 64 ޕޮއިންޓެވެ. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ވަަނައިގައި ނިއުކާސަލް ޔުނައިޓެޑަށް ލިބެނީ 62 ޕޮއިންޓެވެ.

މި ސީޒަންގައި ސިޓީގެ ނަތީޖާތައް ދަށްވެފައިވާއިރު، ލީގުގައި ވެސް އެ ޓީމު ވަނީ ނުވަ މެޗަކުން ބަލިވެފަ އެވެ. ސިޓީން މިހާރު އަމާޒު ހިފާފައި ވަނީ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި އޮވެ، ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރު ކުރުމަށެވެ.

- ކޮމެންޓް