ކ. މާލެ
|
30 އޭޕްރިލް 2025 | ބުދަ 15:51
18 އޭޕްރިލް ވަނަ ދުވަހު ހ.މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް
18 އޭޕްރިލް ވަނަ ދުވަހު ހ.މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް
ރާއްޖެއެމްވީ
ހައްވާ ޔުމްނު ރަޝީދު
ރައުދުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި
ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން 9 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން ވަނީ މަނާކޮށްފައި
ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށް ބުނެ

2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަޙްމަދު ޛިލާލް، އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލެ، ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް (21 އަހަރު) ވަނީ ހައްޔަރުކޮށްފައިވަނީ 24 އޭޕްރިލް ވީ ބުރާސްފަތި ދުވަހުގެ ހަވީރު 18:20 ގައެވެ.

ރައުދުގެ ބަންދަށް ކޯޓުން ދިން ފަސް ދުވަހުގެ މުއްދަތު ބުދަ ދުވަހަށް ހަމަވުމުން، ރައުދުގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާގެ ބަންދަށް އިތުރު 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރައުދު ބަންދުކުރި އަމުރުގައިވާ ގޮތުން ޔުމްނު ވެއްޓުނުކަމަށް ބެލެވޭ ވަގުތުގެ ކުރިން މީނާއާއެކު ހަރަކާތްތެރިވާ މަންޒަރު ފުޓޭޖުން ފެންނަކަމަށާއި، ވެއްޓުނުކަމަށް ބެލެވޭ ވަގުތަށްފަހު އަނިޔާ ލިބުނު ފަރާތަށް ގޮވައި ހޯދަން އުޅޭ މަންޒަރު ފެންނަ ކަމަށާއި ނަމަވެސް މީނާ މިކަމާ ގުޅޭ ރިޕޯޓެއް އެއްވެސް ފަރާތަކަށް ހުށަހަޅާފައިނުވާކަމަށް އައިއޯ ފާހަގަކުރިއެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ކެނިބިސްއަށް ޕޮޒިޓިވްއެވެ.

މީގެ އިތުރުން ތަހްގީގަށް އިތުރަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތާއި މީނާއާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމާއި އަނިޔާލިބުނު ފަރާތް ވެއްޓުނު ހާދިސާއަށްފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނުފަރާތް ކޮބައިތޯ ސުވާލުކުރުމުން ވީތަނެއް ނޭނގޭކަމަށާއި، ވެއްޓުނީކަމަށް ބެލެވޭކަމަށް މީނާ ބުނެފައިވާކަމަށް ތަހުގީގުގައި ފާހަގަކޮށްފައިވެއެވެ.

ހައްވާ ޔުމްނު ރަޝީދު 21، ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ 18 އޭޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެއެވެ.

- ކޮމެންޓް