ކ. މާލެ
|
30 އޭޕްރިލް 2025 | ބުދަ 16:55
ޔުމްނު ރަޝީދުގެ މައްސަލަ ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޑރ.  މުނައްވަރު ވާހަކަދައްކަވަނީ
ޔުމްނު ރަޝީދުގެ މައްސަލަ ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޑރ. މުނައްވަރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޑރ މުޙައްމަދު މުނައްޒަރު
ކޮމިޝަންގެ ރައީސް މުނައްވަރު ރައީސް މުއިއްޒުއަށް ރައްދުދެއްވައިފި
ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުގައި މިނިވަން ކޮމިޝަންއެއް އުފެއްދިއިރު މީގެ ކުރިން އެފަދަ ކޮމިޝަނެއް ނޫފައްދާނޭ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ
ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ކޮމިޝަނެއް އުފެއްދެވީ މިދިޔަ އާދިއްތަ ދުވަހު
ރައީސް މިފަދަ ކޮމިޝަނެއް ނޫފައްދަވާނޭ ކަމަށް އޭރު ވިދާޅުވެފައި ވަނީ ތަހުގީގު ކުރުމާއި ކަމާއިބެހޭ އިދާރާތައް ފަދަ ތަންތަން ހުރުމުން ކަމަށް ބެލެވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ވެރިކަމުގެ ދައުރުގައި މިނިވަން ކޮމިޝަނެއް ނޫފުއްދަވާނަމޭ އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ބުނާ ވާހަކައަކީ ހަމަ ހަޤީޤަތެއް ކަމަށް ވިދާޅުވެ، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގު ކުރުމަށް ރައީސް މުއިއްޒު އުފެއްދެވި ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ކޮމިޝަނެއް އުފެއްދެވީ މިދިޔަ އާދިއްތަ ދުވަހުގައެވެ. އެ ކޮމިޝަނުގައި މުނައްވަރުގެ އިތުރުން ފުރަތަމަ ހިމެނިވަޑައިގަތީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހްމަދު މުޙައްމަދާއި، ޑރ. މުހައްމަދު ހަބީބެވެ. ނަމަވެސް ހަބީބް ވަނީ ޔުމްނު ރަޝީދު ވައްޓާލުގައި އަތެއް އޮތްކަމަށް ތުހުމަތު ކުރެވުނު ރައުދު އަހުމަދު ޒިލާލު އާއި އާއިލީ ގޮތުން ގުޅުން އޮންނަ ކަމަށް ވިދާޅުވެ، ޖެހިގެން އައި ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވި ކަމަށް ކޮންމެވެސް ޕްރެސްއަކުން އަޅުގަނޑަށް ފެނިއްޖެ ރައީސުލްޖުމްހޫރިއްޔާގެ ދައުރުގައި ވެރިކަމުގެ ތެރޭގައި މިނިވަން ކޮމިޝަނެއް ނޫފުއްދަވާނަމޭ. މިދެންނެވި މިކަހަލަ ރިޔާސީ ކޮމިޝަނެއް ނޫފުއްދަވާނަމޭ. ދެން އެވެސް ހަމަ ހަގީގަތެއް. އެއީ ތަހުގީގު ކުރުމާ ކަމާބެހޭ އިދާރާތަަކާ އެއްޗެހި އެބަހުރޭ.

ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްޒަރު

އެހެން ނަމަވެސް މުނައްވަރު ވިދާޅުވީ ރައީސް މިފަދަ ކޮމިޝަނެއް ނޫފައްދަވާނޭ ކަމަށް އޭރު ވިދާޅުވެފައި ވަނީ ތަހުގީގު ކުރުމާއި ކަމާއިބެހޭ އިދާރާތައް ފަދަ ތަންތަން ހުރުމުން ކަމަށް ބެލެވޭކަމަށެވެ. އެހެން ނަމަވެސް މިހާރު މި ފެންމަތިވެގެން އުޅޭ މައްސަލައިގެ ބާވަތުން މި މައްސަލައިގެން ހައްސާސްކަމުން ކޮމިޝަނެއް އުފައްދަވަން އެ ބަ ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި އޭރު ރައީސް މުއިއްޒު ކޮމިޝަނެއް ނޫފައްދަވަން ވިދާޅުވެފައިވާ ވާހަކަފުޅުން ދޭހަވަނީ ކޮމިޝަނެއް ނޫފުއްދަވާނެ ވާހަކައަށްވުރެ ބޮޑަށް ކަމާއި ގުޅުން ހުރި މުއައްސަސާތައް ބޭނުން ކުރައްވައިގެން މިކަހަލަ ތަހުގީގުތައް ކުރެވޭތޯ ބެލުން ކަމަށް ލަފާ ކުރެވޭ ކަމަށް މުނައްޒަރު ވިދާޅުވި އެވެ.

އެހެންނަމަވެސް އެފަދައިން ސުވާލު އެ އުފެދެނީ މިފަދަ ހައްސާސް ކަންތައްތައް ކުރަން ތިބޭ މުއައްސަސާތަކުން އިންޓަގްރިޓިއާ ބެހޭ ގޮތުން ކަމަށް ވެއްޖެއްޔާ ކޮމިޝަނެއް އުފައްދަވަން އެބަޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުނައްޒަރު ވިދާޅުވީ ރައީސް މުއިއްޒު ހައްދަވާފައި މި ކޮމިޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާނީ މިނިވަން ކަމާއި އެކުގައި ކަމަށާއި އެކަމުގެ ޔަގީންކަން ރައްޔިތުންނަސް ދޭ ކަމަށެވެ. އެހެން ނަމަވެސް 18 އޭޕްރީލްގައި ހިނގި މިހާދިސާގައި ރައްޔިތުން ބޭނުންވަނީ އަދުލްއިންސާފު ގާއިމްކުރަން ވެއްޖެއްޔާ ކޮމިޝަނަކީ އަދުލުއިންސާފު ގާއިމްކުރާ ފަރާތެއް ނޫން ކަމަށާއި އެކަން އޮޅިގެން ނޫޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް އިންސާފުވެރިކޮށް މިމައްސަލަ ދައުލަތުގެ މުއައްސާތަކުން ބެލޭނެކަން ބެލުން ކަށަވަރުކުރުން އެކަން މި ކޮމިޝަނުން ކުރެވެންޖެހޭނެ ކަމަށާއި މި ވަގުތުގެ ޓާގެޓަކީ ވެސް އެއީ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

- ކޮމެންޓް