ކ. މާލެ
|
30 އޭޕްރިލް 2025 | ބުދަ 13:08
އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހަފުލާގައި ބައިވެރިވެ ވަޑައިގެން، ބޮޑު ވަޒީރު ކާނީ ވާހަކަފުޅު ދައްކަވަނީ
އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހަފުލާގައި ބައިވެރިވެ ވަޑައިގެން، ބޮޑު ވަޒީރު ކާނީ ވާހަކަފުޅު ދައްކަވަނީ
ރޮއިޓަރސް
ކެނެޑާ އިންތިޚާބު
ކެނެޑާގެ އިންތިޚާބުގައި ބޮޑު ވަޒީރު ކާނީގެ ލިބަރަލް ޕާޓީން ކުރި ހޯދައިފި
ވޯޓު ގުނުން އަންގާރަ ދުވަހުގެ ރޭ ނިންމާލާފައިވާއިރު، 343 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މަޖިލީހުން ލިބަރަލް ޕާޓީ އިން ވަނީ 169 ގޮނޑި ކާމިޔާބު ކޮށްފައެވެ.

ކެނެޑާގެ ސަރުކާރު އުފެއްދުމަށް ކުރިއަށް ގެންދިޔަ އިންތިޚާބުގައި ބޮޑު ވަޒީރު މާކް ކާނީގެ ލިބަރަޕް ޕާޓީން ކުރި ހޯދައިފި އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކެނެޑާގެ ވޯޓުލީ ބޮޑު އިންސައްތައެއް، ލިބަރަލް ޕާޓީ އަށް ތާއީދު ކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާ އަށް ދީފައިވާ އިންޒާރުތަކުގެ ސަބަބުންނެވެ.

ކެނެޑާގައި ކުރިއަށް ގެންދިޔަ އިންތިޚާބުގެ ވޯޓު ގުނުން އަންގާރަ ދުވަހުގެ ރޭ ނިންމާލާފައިވާއިރު، 343 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މަޖިލީހުން ލިބަރަލް ޕާޓީ އިން ވަނީ 169 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. 

މިއީ ފުރިހަމަ މެޖޯރިޓީ އަކަށް ވުރެ ކުޑަ އަދަދެކެވެ. ކުދި ޕާޓީތަކުގެ ތާއީދާ ނުލައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އަދަދަކީ 172 އެވެ.

އިދިކޮޅު ކޮންސަވޭޓިވް ޕާޓީ އަށް ވަނީ 144 ގޮނޑި ކާމިޔާބުވެފަ އެވެ. މި ކާމިޔާބާ އެކު ލިބަރަލް ޕާޓީ އަށް މި ވަނީ ޖެހި ޖެހިގެން ހަތަރު ވަނަ ދައުރެއް ލިބިފަ އެވެ. 

މި އިންތިޚާބުގައި ލިބަރަލް ޕާާޓީން ކުރި ހޯދާފައިވާއިރު، މިއަހަރުގެ ޖަނަވަރީ މަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ކޮންސަވޭޓިން ޕާޓީ އޮތީ 25 އިންސައްތަ އިން ކުރީގަ އެވެ. އެހެންކަމުން އެ ނަތީޖާ ބަދަލުކޮށް، ލިބަރަލް ޕާޓީން ހޯދާފައި ވަނީ ހައިރާން ކުރުވަނިވި ނަތީޖާއެއް ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޓްރަމްޕްގެ ސަރުކާރުން ކެނެޑާގެ މުދަލުން ޓެރިފް ނެގުމަށް ނިންމި ނިންމުމާއި، އެމެރިކާގެ 51 ވަނަ ސްޓޭޓަކަށް ކެނެޑާ ހެދުމަށް ދެއްވި އިންޒާރުތަކާ ގުޅިގެން، ގިނަ ރައްޔިތުން ވަނީ ކެނެޑާގެ ސަރުކާރަށް ތާއީދު ކޮށްފަ އެވެ.

- ކޮމެންޓް