ސެންޓްރަލް އޭޝިއާ ވޮލީ ބޯޅަ އެސޯސިއޭޝަން (ކާވާ) އިން ދޭ ގޯލްޑް އެވޯޑު، ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ދީފި އެވެ.
މި އެވޯޑު ވީއޭއެމް އަށް ދީފައި ވަނީ ކާވާގެ އަހަރީ އާންމު ޖަލްސާގަ އެވެ. އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ނޭޕާލްގެ ވެރި ރަށް ކަތަމަންޑޫގައި އޮތް އެ ޖަލްސާގައި ވީއޭއެމް އަށް އެވޯޑު ދީފައިވާއިރު، މިއީ ކާވާ އިން މި އެވޯޑު ދިން ފުރަތަމަ ފަހަރެވެ.
ވީއޭއެމްގެ ފަރާތުން ގޯލްޑް އެވޯޑާ ހަވާލުވީ، އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ސަޢީދު އެވެ.
ކާވާގެ އަހަރީ އާންމު ޖަލްސާގައި ވަނީ ތިން ކެޓަގަރީ އަކުން އެވޯޑު ދީފަ އެވެ. އެއީ އިންޓަނޭޝަނަލް އެކްސެލެންސް އެވޯޑު، ފެޑެރޭޝަން އޮފް ދަ އިޔާ އެވޯޑު އަދި ޕާފޮމަންސް އެކްސެލެންސްް އެވޯޑެވެ.
މީގެ އިތުރުން ކާވާ އިން ދޭ ޚިދުމަތުގެ ޚާއްސަ މެޑަލް ވެސް ވަނީ ދީފަ އެވެ. މި މެޑަލް ވަނީ 13 ފަރާތަކަށް ދީފަ އެވެ.
ކާވާގެ ގޯލްޑް އެވޯޑު ރާއްޖެ އަށް ލިބުނުއިރު، ކާވާގެ ރައީސް އަކީ ރާއްޖޭގެ މުޙައްމަދު ލަޠީފް އެވެ. މިހާރު ލަޠީފް ފުރަމުން އަންނަނީ ކާވާގެ ރައީސް ކަމުގެ ދެ ވަނަ ދައުރެވެ. ކާވާގެ އިތުރުން، ލަޠީފް ވަނީ ވީއޭއެމްގެ ވެސް ރައީސް އެވެ.