ކ. މާލެ
|
28 އޭޕްރިލް 2025 | ހޯމަ 12:50
ފްރާންސްގެ ރައީސް މެކްރޮން، އޭނާ ވިދާޅުވީ ނަސްލީ ތަފާތު ކުރުންތަކާއި، ދީނީ ބައިބައިވުންތަަކަށް ޖާގަ ނޯންނާނެ ކަމަށް
ފްރާންސްގެ ރައީސް މެކްރޮން، އޭނާ ވިދާޅުވީ ނަސްލީ ތަފާތު ކުރުންތަކާއި، ދީނީ ބައިބައިވުންތަަކަށް ޖާގަ ނޯންނާނެ ކަމަށް
އޭއެފްޕީ
ފްރާންސް
މިސްކިތެއްގައި މުސްލިމަކު މަރާލުމާ ގުޅިގެން މެކްރޮން އެކަން ކުށްވެރި ކުރައްވައިފި
މިދިޔަ ހުކުރު ދުވަހު، ގްރާޑް ސަރަހައްދުގެ ލަ ގްރޭންޑް-ކޮމްބް ރަށުގައި ހިނގި އެ ހާދިސާފައި މަރުވެފައި ވަނީ އުމުރުން 20 އަހަރުގެ ޒުވާނެއް.

ފްރާންސްގެ ދެކުނުގައި ހުންނަ މިސްކިތެއްގައި އަނިޔާވެރި ގޮތަކަށް މުސްލިމަކު މަރާލުމާ ގުޅިގެން، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެކަން ކުށްވެރި ކުރައްވައިފި އެވެ.

އެކަމާ ގުޅިގެން މެކްރޮން ވިދާޅުވީ، ފްރާންސްގައި ނަސްލީ ތަފާތު ކުރުންތަކާއި، ދީނީ ތަައައްސުބުތަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު، ގްރާޑް ސަރަހައްދުގެ ލަ ގްރޭންޑް-ކޮމްބް ރަށުގައި ހިނގި އެ ހާދިސާފައި މަރުވެފައި ވަނީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވީއިރު، އޭނާ އަށް ވަނީ 50 ފަހަރު ހަމަލާދީފަ އެވެ. 

ނަމަވެސް، އޭނާ އަށް ހަމަލާ ދިން މީހާ އެ ސަރަހައްދުން ފިލާފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ފްރާންސްގެ ފުލުހުންނާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ހަމަލާ ދިން މީހާ އަކީ ބޮސްނިއާ އަށް ނިސްބަތްވާ ފްރާންސްގެ ރައްޔިތެކެވެ.

ހަމަލާ ދިނުމަށް ފަހު އޭނާ ވަނީ، ހަމަލާ ދިން މަންޒަރު ފޯނު ވީޑިއޯކޮށް، އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް އެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. 

އެ ހާދިސާއާ ގުޅިގެން ފްރާންސްގެ ބޮޑު ވަޒީރު ވެސް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ. އަދި އެއީ އަނިޔާވެރި އަމަލެއް ކަމަށާއި، ފްރާންސްގައި އެކަހަލަ އަމަލުތަކަށް ޖާގަ ނުދެއްވާނެ ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވެފައިވެ އެވެ. 

- ކޮމެންޓް